Wednesday, 9 September 2026
Ads by

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އިރާން އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އިރާން އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ފޮރިންގ މިނިސްޓްރީ ހިންގާ އިމާރަތް--- ފޮޓޯ: އެކި އެމްވީ

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އިރާނާ ދެމެދު އެއްބަސްވުމަކާ ހަމައަށް އައިސްފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމަކީ މެދުއިރުމައްޗާއި މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަދިނުމާއެކު، ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އައުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލުމަށްޓަކައި ވާހަކަދެއްކުމާއި ސުލްހަވެރި ޑިޕްލޮމެޓިކް އުސޫލުތައް އިސްކޮށް، ދެ ފަރާތުން ދެއްކި ނަމޫނާއަށް ވެސް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައްޔާއި، ނުތަނަވަސްކަން ކުޑަކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ގައުމުތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ޕާކިސްތާން، ޤަޠަރާއި ގަލްފުގެ ގައުމުތަކުން، މިކަމުގައި ވެފައިޥާ އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ސުލްހައަށް ކުރިއެރުމެއް ލިބުމަށް އުއްމީދުކުރާ ކަމަށް ފޮރިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު