Thursday, 8 October 2026
Ads by

ތަޅާނެ ކުދިން ގޮވައިގެން ފުލުހުންނާ ތަޅަން ގޮވާލި ނަޝީދު މުޖުރިމުންނާއެކު ޤައުމު ހަލަބޮލި ކުރަން ނުކުންނަނީ

ތަޅާނެ ކުދިން ގޮވައިގެން ފުލުހުންނާ ތަޅަން ގޮވާލި ނަޝީދު މުޖުރިމުންނާއެކު ޤައުމު ހަލަބޮލި ކުރަން ނުކުންނަނީ

އެމްޑީޕީގެ ޗެއާޕާސަން ގ. ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، ގައުމުގެ އަމާންކަން ނަގައިލުމަށާއި ހަމަޖެހުން ގަޑުބަޑުކޮށްލުމަށް ބުރާސްފަތި ދުވަހު މަގުމައްޗަށް ނުކުތުމަށް އެ ޕާޓީގެ މެންބަރުންނަށް ގޮވާލައިފިއެވެ.

Ad Image
Ads by

މިކަމަށް ނަޝީދު ގޮވާލީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމާ ހަވާލުވުމަށްފަހު ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނަޝީދު ވަނީ ބުރާސްފަތި ދުވަހު އޮންނަ މުޒާހަރާއަށް ކޮންމެ މެންބަރަކުވެސް ވީހާވެސް ގިނަ ބަޔަކު ނެރުމަށާއި، ގައުމު ހަލަބޮލިކޮށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބާރުއަޅާފައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް ދުއްތުރާކޮށް މުޒާހަރާ ކުރުމަށް މެންބަރުންނަށް ހިތްވަރު ދީފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މި މުޒާހަރާތަކުގެ އިސްސަފުގައި ހަރަކާތްތެރިވަނީ ކުށުގެ ރެކޯޑު އޮންނަ މީހުންނާއި، މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ކުރުމުން އެކަން ތަންފީޒުކޮށް ނުނިމެނީސް އެމްޑީޕީ ސަރުކާރުގެ ނުފޫޒުން މިނިވަންކޮށްފައި ތިބި މުޖުރިމުންނެވެ.

މުހައްމަދު ނަޝީދަކީ މީގެ ކުރިންވެސް ”ތަޅާނެ ކުދިން“ ހޯދައިގެން ނުކުމެ، ދައުލަތުގެ ސަލާމަތީ ބާރުތަކާއި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް ފާޅުގައި ގޮވާލާފައިވާ މީހެކެވެ. އަދި އޭނާގެ ވެރިކަން ފުރިހަމަ ނުކުރެވިގެން އިސްތިއުފާ ދިނުމަށްފަހު މުޅި ރާއްޖޭގެ އެތަން މިތަނުގައި ބޮޑު ހުޅުޖަހާ ދިވެހިންގެ މާލިއްޔާއަށް މިލިއަން ގެއްލުން ދިން މީހެކެވެ. މާލޭގެ މަގުތަކުގެ ހަމަޖެހުން ނަގައިލުމަށް ނަޝީދު މިފަހަރުވެސް ރާވަމުންދަނީ ނުރައްކާތެރި ކުށްވެރިންނާ ގުޅިގެން ކަމަށްވުމުން، އާންމު ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

އެމްޑީޕީގެ މި ނިންމުމާއެކު، ބުރާސްފަތި ދުވަހު މާލޭގެ އަމާންކަން ގެއްލިދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބެލެވޭ ގޮތުގައި ސަލާމަތީ ބާރުތަކުން މިކަމަށް ފާރަވެރިވާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ