Saturday, 24 October 2026
Ads by

އެމްއޭސީއެލްއިން ހަދިޔާކުރި ބެގެޖް ސްކްރީނިންގ މެޝިން މާފުށީ ޖަލުގައި ބަހައްޓައިފި

އެމްއޭސީއެލްއިން ހަދިޔާކުރި ބެގެޖް ސްކްރީނިންގ މެޝިން މާފުށީ ޖަލުގައި ބަހައްޓައިފި

މާފުށީ ޖަލުގައި ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން ބޭނުންކުރަން ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓަމުން އަންނަ މާފުށީ ޖަލުގައި އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިފްތިތާހުކޮށް ދެއްވީ ހޯމް މިނިސްޓަރު ޢަލީ އިހްސާނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދިޔާކުރި މި މެޝިނަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބެހެއްޓުނު މެޝިނެކެވެ. ހަމައެހެންމެ، މިއީ މާފުށީ ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން އެމްއޭސީއެލްއިން ދޭނެ ކަމަށާއި ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ހާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ދޭނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން އިތުރަށް ބުނެފައިވަނީ، މި މެޝިން މެދުވެރިކޮށް ގައިދީންނާއި ބަންދުގައި ތިބޭ މީހުން ޖަލަށް އަލަށް އަންނައިރު ގެންނަ ތަކެތި، އެ ފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި އާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެ ކަމަށެވެ.

ޖަލުތަކަށް މަނާ ތަކެތި ވެއްދުމުގެ މައްސަލައަކީ ހައްލުކުރެވިފައިނުވާ ބޮޑު މައްސަލައެކެވެ. މިގޮތަށް ވައްދާ ތަކެތީގެ ތެރޭގައި ފޯނާއި މަސްތުވާތަކެއްޗާއި އެނޫންވެސް ތަކެތި ވައްދާ އުޅެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި