Saturday, 17 October 2026
Ads by

ހިޔާގެ އެންމެ ޓަވަރެއް ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި ލިފްޓް ހަރުކޮށް ނިންމާލައިފި

ހިޔާގެ އެންމެ ޓަވަރެއް ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި ލިފްޓް ހަރުކޮށް ނިންމާލައިފި

ހިޔާ ޓަވަރުތައް---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން، އެންމެ ޓަވަރެއް ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

އެންމެފަހުން ލިފްޓު ހަރުކުރީ ހިޔާ ޓަވަރު 13 14 އަދި 15 ގައެވެ. މި ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެހެންކަމުން ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު މިވަނީ ނިންމާލެވިފައެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި ލިފްޓުތަކަކީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގަތަނަވަސް ބޮޑެތި ލިފްޓުތަކެކެވެ. މި ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ވެސް ހުރެއެވެ.

ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު ހަރުކޮށްފައި ހުރީ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާގެ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިހާރު ލިފްޓް ހަރުނުކުރެވި ހުރި 16 ވަނަ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި