Wednesday, 9 September 2026
Ads by

ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލުތައް ބަހައްޓާތީ: ޢަބްދުއްރަޙީމް

ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލުތައް ބަހައްޓާތީ: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ---

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ކޮންގްރެސް ޕާޓީން ނިންމީ އޭނާގެ އަމަލުތައް ޕާޓީއަށް ގެއްލުންވާ ގޮތަށް ބަހައްޓާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ނާޒިމްގެ އިތުބާރު ނެތް ކަމަށް ކޮންގްރެސް ޕާޓީން ނިންމީ އޭނާގެ އަމަލުތައް ޕާޓީއަށް ގެއްލުންވާ ގޮތަށް ބަހައްޓާތީ ކަމަށާއި އެއީ ސީދާ ޕާޓީގެ ލީޑަރޝިޕުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

”ޕާޓީން ނިންމީ އޭނާއަށް އިތުބާރު ނެތް ކަމަށް. އެހެންވެ އެ މައްސަލަ ޕާލިމަންޓަރީ ގްރޫޕަށް ހުށަހެޅީ،“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާއާ ހަވާލާދެއްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީއަށް ގެއްލުންވާ ފަދަ އަމަލެއް މެންބަރަކު ކުރާކަން ލީޑަރޝިޕަށް ފާހަގަވެއްޖެނަމަ، އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ލީޑަރޝިޕަށް ލިބިދީފައި އޮންނަ ކަމަށެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ނާޒިމް ވަކިކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމީ އޭނާ އެ މަގާމުގައި ހުރުމަށްވުރެ، ވަކިކުރުމުން ޕާޓީއަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް ނާޒިމް، ޕާޓީން ވަކިކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން މަސައްކަތް ފެށުމުން، އެކަމާ ގުޅޭ ވޯޓު ނެގުމުގެ ކުރިން ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކުރިކަން ޕާޓީން ރަސްމީކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު