Saturday, 24 October 2026
Ads by

ޕީއެންސީގެ ”މަތީ މަޖްލީސް“ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައި، ތައްޔާރީތައް ފަށައިފި

ޕީއެންސީގެ ”މަތީ މަޖްލީސް“ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައި، ތައްޔާރީތައް ފަށައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެ މަތީ ގުނަވަން ކަމަށްވާ ”މަތީ މަޖްލީސް“ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައި، އެކަމަށްވާންޖެހޭ ތައްޔާރީތައް ފަށާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ.

Ad Image
Ads by

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މަތީ މަޖްލީސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ކަމަށެވެ. އެހެން ޕާޓީތަކުން ”ކޮންގްރެސް“ ގެ ނަމުން މުޚާތަބުކުރާ މި ބައްދަލުވުމަށް ޕީއެންސީގައި ކިޔަނީ ”މަތީ މަޖްލީސް“ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޖްލީސް ރާވާ ހިންގުމަށްޓަކައި ޕާޓީގެ ލީޑަރޝިޕާއި މަޖިލިސް މެންބަރުންގެ މަޝްވަރާގެ މަތިން 13 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ސްޓީރިންގ ކޮމިޓީއެއް ނުވަތަ ޓާސްކް ފޯހެއް މިހާރު ވަނީ އެކުލަވާލާފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަތީ މަޖްލީސް ބޭއްވުމުގެ ކުރިން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ދާއިރާތަކުގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމެވެ. މިގޮތުން ދާއިރާތަކުގެ ރައީސުން، ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަންހެނުންގެ ކޮމިޓީގެ ރައީސުން އަދި ސްޓީރިންގ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި ޚާއްޞަ ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފައިވާއިރު، ކުރިމަތިލެވޭނީ މިއަދާ ހަމައަށް ޕީއެންސީގެ ދަފްތަރުގައި ތިބި މެންބަރުންނަށް އެކަނި ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.

އިންތިޚާބާ ގުޅޭ މުހިންމު ތާރީޚްތައް

ޖުލައި 1: ވަގުތީ ވޯޓާސް ލިސްޓު އިއުލާނުކުރުން.
ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ ފުރުޞަތެއް ދިނުން.
ޖުލައި 4: ދާއިމީ ވޯޓާސް ލިސްޓު އިއުލާނުކުރުން.
ޖުލައި 11 (ހޮނިހިރު): އިންތިޚާބު ބޭއްވުން.

ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ޕާޓީ ރައީސަކީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރު ކަމަށެވެ. ނަމަވެސް، މަޖިލިސް މެންބަރަކަށް އިތުބާރު ނެތް ހާލަތެއްގައި ނުވަތަ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާނަމަ، އެ ދާއިރާއަކަށް އައު ރައީސަކު އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން، ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށްވެސް ރައީސުން އިންތިޚާބު ކުރާނެއެވެ.

މި އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތު ޕީއެންސީގެ ރަސްމީ ވެބްސައިޓުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި