Sunday, 26 July 2026
Ads by

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިރެއަށް ހަމަވަނީ

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިރެއަށް ހަމަވަނީ

ހިޔާ ފުލެޓްތައް---

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހުގެ ގޮތުގައި ހައުސިންގ މިނިސްޓްރީން މީގެ ކުރިން ކަނޑައަޅާފައިވަނީ ހުސްވި މެއި މަހުގެ 31 ވަނަ ދުވަސް ނަމަވެސް އާންމުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން މި މުއްދަތު މިހާރު ވަނީ މިރޭގެ 23:59 އާ ހަމައަށް އިތުރުކޮށްދީފައެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއީ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި އެއަށްފަހު ދެން ފުރުސަތު ބަންދުވާނެ ކަމަށެވެ. އެހެންކަމުން މި ފުރުސަތުގައި ޕޯޓަލްގައިވާ މައުލޫމާތުތައް ރަނގަޅަށް ފުރިހަމަކުރުމަށްފަހު ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ސްކީމްގެ ދަށުން ސަރުކާރުން ވަނީ ޖުމުލަ 7،900 ފުލެޓް ދޫކުރުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި 4,000 ފުލެޓް ހާއްސަކޮށްފައިވަނީ މާލޭ ރަށްވެހިންނަށެވެ. 1,500 ފުލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު ބާކީ 2,400 ފުލެޓަކީ ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓްތަކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި