Wednesday, 9 September 2026
Ads by

ބޮޑު ތަފާތަކުން މޮޅުވެ ސްވިޑެން ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބޮޑު ތަފާތަކުން މޮޅުވެ ސްވިޑެން ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފި

ފީފާ ވޯލްޑް ކަޕްގައި ޓިއުނީޝިއާ އާއި ބައްދަލުކުރި މެޗު 5-1 އިން ކާމިޔާބުކޮށް ސްވިޑެން އިން ގުރޫޕް އެފްގެ އެއްވަނަ މަގާމު ހޯދައިފި އެވެ.

Ad Image
Ads by

އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ސްވިޑެން އިން ވަނީ މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. މެޗުގެ ފެށުން ވަރަށް ވަރުގަދަކޮށް ސްވިޑެން އިން ފެނިގެން ދިޔައިރު، ހަތްވަނަ މިނިޓުގައި ޔަސީން އަޔާރީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ވިކްޓާ ޔޯކެރޭޒް ފޮނުވާލި ބޯޅަ ޓިއުނީޝިއާގެ ޑިފެންޑަރުން ބްލޮކް ކުރުމުން، އޭރިއާ ބޭރުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އަޔާރީ ވަނީ ގޯލު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 30 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ވަނީ ސްވިޑެންގެ ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު 10 މިނިޓުގައި ޓިއުނީޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން 43 ވަނަ މިނިޓުގައި އޮމަރު ރެކީކް ވަނީ ލަނޑެއް ޖަހައި ޓިއުނީޝިއާއަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ސްވިޑެން އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން 59 ވަނަ މިނިޓުގައި ވްކްޓޯ ޔޯކެރޭސް ލަނޑެއް ޖެހިއިރު، 84 ވަނަ މިނިޓުގައި މަޓިއަސް ސްވަންބާގް ވަނީ ސްވިޑެންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އަޔާރީ ވަނީ ސްވިޑެންގެ ފަހު ލަނޑު ޖަހައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކޮށްފައި ނުވި ނަމަވެސް، ދެވަނަ ލަނޑަށް ފަހު އޭނާ ވަނީ ޝުކުރުގެ ސަޖިދައަކަށް ތިރިވެފަ އެވެ. މި ގުރޫޕްގެ އެހެން މެޗެއްގައި ނެދަލެންޑްސް އާއި ޖަޕާން ވަނީ 2-2 އިން އެއްވަރު ވެފަ އެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް މިރޭ ވެސް ކުރިއަށް ދާނެ އެވެ. މިރޭ 9 ޖަހާއިރު ސްޕެއިން އާއި ކަބޯ ވާޑޭ ބައްދަލު ކުރާނެ އެވެ. އަދި 12 ޖަހާއިރު ބެލްޖިއަމް އާއި މިސްރު ބައްދަލުކުރާ މެޗަށް ފަހު، ރޭގަނޑު 3 ޖަހާއިރު ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ވާދަކުރާނެ އެވެ. މާދަމާ ހެނދުނު 6 ޖަހާއިރު ބައްދަލު ކުރާނީ އިރާނާއި ނިއުޒިލެންޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި