Sunday, 27 September 2026
Ads by

ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނުގެ ނުރައްކާތެރި އިންޒާރެއް!

ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނުގެ ނުރައްކާތެރި އިންޒާރެއް!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި، މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކިއުރަސާއޯގެ މައްޗަށް 7-1 ގެ ބޮޑު ތަފާތަކުން ކާމިޔާބީ ހޯދައިފިއެވެ. އެމެރިކާގެ ހިއުސްޓަންގައި އާދީއްތަ ދުވަހު ކުޅުނު ގްރޫޕް އީގެ މި މެޗަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ޖަރުމަނުން ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

Ad Image
Ads by

މެޗުގެ ހަވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ފީލިކްސް އެންމެޗާ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ކޯޗު ޖޫލިއަން ނާގަލްސްމަން ވަރަށް ބޮޑަށް އުފާފާޅުކުރި ނަމަވެސް، ކިއުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ޖެހި ބޯޅައެއް ޖަރުމަނު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަނުމާއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މި ލަނޑާއެކު ކިއުރަސާއޯގެ ސަޕޯޓަރުންނާއި، 78 އަހަރުގެ ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ކިއުރަސާއޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް، ޖަރުމަނުން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

އެގޮތުން 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަރބެކް ބޮލުން ޖެހި ލަނޑުން ޖަރުމަނަށް އަލުން ލީޑު ލިބުނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންމެޗާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކައި ހާވާޓްޒް ވަނީ ޖަރުމަނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފު ފެށިގެން 69 ސިކުންތުގެ ތެރޭގައި ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ނަތަނިއަލް ބްރައުން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑާވް ވެސް ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު ލަނޑު ޖަހައިދީ، ޖަރުމަނުގެ ނަތީޖާ 7-1 އަށް ބަދަލުކޮށްލީ ކައި ހާވާޓްޒްއެވެ. މިއީ 2014 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުން ޖަރުމަނު މޮޅުވި ނަތީޖާއާ އެއްވަރުގެ ނަތީޖާއެކެވެ.

މި މެޗުގައި ޖަރުމަނުގެ ގޯލު ބެލެހެއްޓި އުމުރުން 40 އަހަރުގެ މެނުއަލް ނޯޔާ ވަނީ ވޯލްޑް ކަޕެއްގައި ކުޅުނު ޖަރުމަނުގެ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި މޮޅާއެކު ޖަރުމަނަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. ގްރޫޕް ސްޓޭޖުގެ ކުރިއަށް ހުރި މެޗުތަކުގައި ޖަރުމަނު ނުކުންނާނީ އިކުއެޑޯ އަދި އައިވަރީ ކޯސްޓާ ދެކޮޅަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި