Ads by
ޚަބަރު
ޒިޔަތުގެ މައްޗަށް އިތުރު ކުށްތަކެއް ސާބިތުވެ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ހިޔާނާތްތަކެއްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Eki Online

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ. އެއަށްފަހު ދައުލަތުން ވަނީ ދައުވާތައް އިއްވާފައެވެ. މި ތިން މައްސަލައަކީވެސް ދައުލަތުން އިއުތިރާފުގެ އެއްބަސްވުމަކާއެކު ކުރިއަށްގެންދަވަން ހުށަހަޅުއްވާފައިވާ ތިން މައްސަލައެކެވެ.

ޒިޔަތުގެ މައްޗަށް އުފުލި ދައުވާގައި ވަނީ،  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޑޮލަރު ގަތުމަށް ދޫކުރި ފައިސާ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އެމްއެމްޕީއާރުސީއަށް ދޫކުރި ފައިސާ އެހެން ކުންފުނިތަކަށް ޒިޔަތު ދޫކުރިކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިއުތިރާފު އެއްބަސްވުމަށް އަމަލު ކުރާ ޙާލަތުގައި އެ ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބަކީ 12 އަހަރުގެ ޖަލު ޙުކުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *