Sunday, 26 July 2026
Ads by

މުލީގައި އަޅާ ޒަމާނީ ހޮސްޕިޓަލުގެ ފައުންޑޭޝަން މަސައްކަތް އެމްޓީސީސީން ފަށައިފި

މުލީގައި އަޅާ ޒަމާނީ ހޮސްޕިޓަލުގެ ފައުންޑޭޝަން މަސައްކަތް އެމްޓީސީސީން ފަށައިފި

މީމު އަތޮޅު މުލީގައި ސަރުކާރުން ތަރައްޤީކުރާ 50 އެނދުގެ އައު ހޮސްޕިޓަލުގެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢަކީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

4 ފަންގިފިލައަށް ތަރައްޤީކުރާ މި ހޮސްޕިޓަލް އިމާރާތާއެކު، އަތޮޅުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތަކަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތުގެ އިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީސް އިމާރާތެއްވެސް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޮސްޕިޓަލްގެ އައު އިމާރާތުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

ކޮންސަލްޓޭޝަން ރޫމްތަކާއި އޮޕަރޭޝަން ތިއޭޓަރު
އީ.އާރް (ER) އަދި އެން.އައި.ސީ.ޔޫ (NICU)
ކުޑަކުދިންގެ ވޯޑާއި ޑެންޓަލް ޚިދުމަތް
ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ ޚިދުމަތް
ޕްރައިވެޓް ރޫމްތަކާއި މީޓިންގ ރޫމް
ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއް

32,000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 171 މިލިއަން ރުފިޔާއަށެވެ. މި ހޮސްޕިޓަލް ނިމުމުން މުލީގެ އިތުރުން މުޅި މީމު އަތޮޅުގެ ރައްޔިތުންނަށް ބޭސްފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ރަށާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި