Wednesday, 9 September 2026
Ads by

ފެނާއި ކަރަންޓުގެ ޖޫރިމަނާ މާފުވާނީ ހިދުމަތުގެ އަގު ދެއްކުމުން

ފެނާއި ކަރަންޓުގެ ޖޫރިމަނާ މާފުވާނީ ހިދުމަތުގެ އަގު ދެއްކުމުން

ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން: ފެނާއި ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދިނުމާ ގުޅޭގޮތުން މައުލޫމާތުދެއްވި - ފޮޓޯ:ޕީއެސްއެމް ނިއުސް

ފެނާއި ކަރަންޓު ބިލުތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭނީ އެ ހިދުމަތްތަކަށް ނުދައްކާހުރި ފައިސާ ދެއްކުމުން ކަމަށް އެ ހިދުމަތްތައް ދެމުން އަންނަ ޔުޓިލިޓީ ކުންފުނިތަކުން ބުނެފިއެވެ.

Ad Image
Ads by

ފެނާއި ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދިނުމާ ގުޅޭގޮތުން ޔުޓިލިޓީ ކުންފުނިތަކުން ނިންމާފައިވާ ނިންމުންތަކާ ބެހޭ މައުލޫމާތު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހާމަކުރަމުން، ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޖޫރިމަނާ މާފުކުރުމަށް ތަންފީޒުކުރަން ޖެހޭ އިދާރީ ކަންކަން މިހާރު ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

”ހަގީގަތުގައި މި ބިލުތައް ނުދެއްކި އޮތީ ޖޫރިމަނާގެ ވަރަށް ބޮޑުބައެއް މީގައި އެކުލަވާފައިވާތީ. އެހެންވީމާ ޖޫރިމަނާ މާފުވެގެން ދިޔައީމާ ކުންފުންޏަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ފައިދާވެގެންދާނެ،“ – ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް މި އަންނަ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ބައެއް ކަސްޓަމަރުންގެ ޖޫރިމަނާ ބިލުތަކަށް އަރާފައިވާ ފައިސާގެ އަދަދަށް ވުރެ އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަން ފާހަގަކުރައްވާ ފަހުމީ ވަނީ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ.

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވި ގޮތުގައި ފެނުގެ ހިދުމަތުގެ ބިލުތަކުގެ ޖޫރިމަނާއަށް ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ އަރާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި 3،000 އެއްހާ ކަސްޓަމަރުން ހިމެނޭ ކަމަށް މަތީން ވިދާޅުވިއެވެ.

”މި ލުއިފަސޭހަކަން އެމްޑަބްލިއުއެސްސީން ރައްޔިތުންނަށް ދޭން ފަށާނެ 1 އެޕްރީލުން ފަށައިގެން މި އަހަރުގެ ނިޔަލަށް،“ – އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު

އޭނާ ވިދާޅުވީ އެ ކުންފުނިން މާފުކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކުގެ ޖޫރިމަނާތައް ކަމަށާއި މި އަަހަރުގެ ފުރަތަމަ ތިން މަހުގެ ޖޫރިމަނާ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ފައިސާ ދެއްކުމަށް އެ ކުންފުންޏާ އެގްރިމެންޓެއް ހަދަން ޖެހޭކަން ފާހަގަކުރައްވާ މަތީން ވިދާޅުވެފައި ވަނީ އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ވެސް އެގްރިމެންޓް ހެދޭނެ ކަމަށެވެ. މަތީން ވިދާޅުވި ގޮތުގައި ކަރަންޓާއި ފެން ބިލުގެ ޖޫރިމަނާ މާފުވާނީ އެ ހިދުމަތްތަކުގެ ބޭނުންކުރުމުގެ ސަަބަބުން އަރާފައިވާ އަގު ދެއްކުމުން ކަމުގައެވެ.

އާންމު ގޭބީސީތަކުގެ ފެނާއި ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި