Wednesday, 9 September 2026
Ads by

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައި އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ވާހަކައެއް އޮވޭ: މެޑަމް ސާޖިދާ

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައި އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ވާހަކައެއް އޮވޭ: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު---

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައި އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ވާހަކައެއް އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބައިނަލްއަގްވާމީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ، ލޭ ހަދިޔާކުރާ ފަރާތްތަކުން ދައްކުވައިދޭ އޯގާތެރިކަމާއި އިންސާނިއްޔަތުކަމަށް ތައުރީފުކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ އެއްވެސް އަމިއްލަ އެދުމަކާ ނުލައި ދީލަތި މަސައްކަތެއް ކަމަށެވެ.

އެކަމުގެ ސަބަބުން ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް، ހަޔާތުގެ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދެއް ލިބިގެންދާކަން މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވައިފައެވެ.

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ފުން މާނައެއް އެކުލެވިގެންވާ ވާހަކައެއް ކަމަށާއި ވަކިން ހާއްސަކޮށް ނާޒުކު ހާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށާއި، އެމީހުންގެ އާއިލާތަކަށް، ލޭ ހަދިޔާކުރާ މީހަކު ވެދޭ އެހީތެރިކަމަކީ ބިރުވެރިކަމާއި ގޮތް ހުސްވުމުގެ ބަދަލުގައި އާ ހިތްވަރެއް ލިބިގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފުރާނަ ސަލާމަތްކުރުމަކީ އަބަދުވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، ބައެއް ފަހަރު ވަރަށް ކުޑަ އަދި އޯގާތެރި އަމަލަކުން ވެސް މީހެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިސްނެގުމުގެ މަތިން ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެއީ ކޮންމެ މީހެއްގެ ވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމަށް ނަސޭހަތްތެރިވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި