Wednesday, 9 September 2026
Ads by

ސުލްޙަޔަކާ ސުލްޙަޔެއް: އިޒްރޭލުން ލުބުނާނުގެ 24 ރަށަކުން މީހުން ހުސްކުރަން އަންގައި ވަރުގަދަ ޙަމަލާތަކެއް ދީ ހިތުހުރި ގޮތެއް ހަދަނީ

ސުލްޙަޔަކާ ސުލްޙަޔެއް: އިޒްރޭލުން ލުބުނާނުގެ 24 ރަށަކުން މީހުން ހުސްކުރަން އަންގައި ވަރުގަދަ ޙަމަލާތަކެއް ދީ ހިތުހުރި ގޮތެއް ހަދަނީ

އިޒްރޭލުން ހުރިހާ ޖަރީމާއެއް ހިންގަނީ އެމެރިކާ ނިވާ ގާތްގަނޑަކަށް ހަދައިގެން އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކުވެ. (ލޮސް އެންޖެލިސް ޓައިމްސް)

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހުގެ މަޝްވަރާތައް ޔޫރަޕްގައި ކުރިއަށްދާއިރުވެސް، ޔަހޫދީ ނިރުބަވެރި ޖަމާޢަތް، އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ބާލްބެކް ސަރަޙައްދުގެ 70 އަށްވުރެ ގިނަ މަރުކަޒަށް ވައިގެ ބާރުގަދަ ޙަމަލާތަކެއް ދީފައެވެ.

Ad Image
Ads by

މި ޙަމަލާތަކުގެ ކުރިން އިޒްރޭލުން ވަނީ ދެކުނު ލެބަނަންގެ މުހިންމު ރަށެއް ކަމަށްވާ ނަބާތިއާ ހިމެނޭގޮތަށް 24 ރަށެއްގެ ރައްޔިތުންނަށް ”ގެދޮރު ދޫކޮށް ވަގުތުން ފިލުމަށް“ އިންޒާރުދީ، ބޮޑު ސަރަޙައްދެއް އެއްކޮށް ހުސްކުރުވާފައެވެ.

މަޖުބޫރު ބްލޮކޭޑާއި ގެދޮރުން ނެރި ބިންފޭރުމުގެ އަނިޔާވެރިކަން

– ޒަހްރާނީގެ އަމުރު: އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރީ ތަރުޖަމާނު އަވިޗާއި އަދުރާއީ ވަނީ، ޒަހްރާނީ ކޯރުން އުތުރަށް (ހަނގުރާމައިގެ ބޯޑަރާ 45 ކިލޯމީޓަރު ދުރަށް) ހުރިހާ އާންމު ރައްޔިތުން ވަގުތުން ދިއުމަށް ޢަމުރުކޮށްފައެވެ. މިކަމުގެ ސަބަބުން ޒަހްރާނީ ކޯރުގެ ދެކުނުގައި ތިބި އެތައް ހާސް ބަޔަކު ވަނީ ކާބޯތަކެއްޗާއި ބޭހުން މަޙްރޫމްވެ، މަގުތައް މައްޗަށް ގިނަވެފައެވެ. ބޮންއެޅުމުގެ ސަބަބުން ނަބާތިއާ ރަށް މިހާރު އޮތީ އެއްކޮށް ފަޅުވެފައެވެ.

– އިންސާނީ ކާރިސާ: ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން (އައިއާރުސީ) ހާމަކުރާ ގޮތުގައި، ލެބަނަންގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1.1 މިލިއަނަށް އަރާފައެވެ. އެމެރިކާއާއި އީރާނުން ސުލްޙަވިޔަސް، އިޒްރޭލުން ލުބުނާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެކަމުގެ އިންޒާރު ހަރުކަށި ފިކުރު ނަތަންޔާހޫ ދީފައިވުމުން، މުޅި ސަރަޙައްދުގެ ނުތަނަވަސްކަން އަދިވެސް އޮތީ ބޮޑު ބިރުވެރިކަމާއި ނުރައްކަލެއްގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި