Sunday, 26 July 2026
Ads by

ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑްކަޕަށް އެނބުރި އައިސް ހައިޓީ ބަލިކޮށްފި

ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑްކަޕަށް އެނބުރި އައިސް ހައިޓީ ބަލިކޮށްފި

ފޮކްސްބަރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ހައިޓީއާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް މެޗުގައި ގޯލް ޖެހުމަށްފަހު، ސްކޮޓްލޭންޑްގެ ޖޯން މެކްގިން އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ފްރޭންކް ފައިފް/އޭއެފްޕީ

އެމެރިކާގެ ބޮސްޓަންގައި ހުންނަ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑުން ހައިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި، ކާމިޔާބު ފެށުމަކާއެކު މުބާރާތް ފަށައިފިއެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ސްކޮޓްލޭންޑުން ކުޅުނު ފުރަތަމަ މެޗެވެ.

Ad Image
Ads by

މި މެޗުގައި ސްކޮޓްލޭންޑަށް ލީޑު ނަގައިދިނީ މެޗުގެ 30 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ކެޕްޓަން ޖޯން މެކްގިންއެވެ. މެކްގިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. 64,000 ސަޕޯޓަރުންނާއެކު ފުރިފައި އޮތް މި ސްޓޭޑިއަމްގެ ބޮޑުބަޔަކީ ސްކޮޓްލޭންޑަށް ސަޕޯޓްކުރުމަށް އެމެރިކާއަށް ދަތުރުކުރި އެ ގައުމުގެ ސަޕޯޓަރުންނެވެ.

މިއީ 1990 ވަނަ އަހަރު އިޓަލީގައި އޮތް ވޯލްޑްކަޕްގައި ސްވިޑަން އަތުން 2-1 އިން މޮޅުވި ފަހުން، ސްކޮޓްލޭންޑުން ވޯލްޑްކަޕްގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފަހުން ބޮޑު މުބާރާތެއްގައި އެ ގައުމުން ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ.

ސްޓީވް ކްލާކްގެ އިރުޝާދުގެ ދަށުން ކުޅޭ ސްކޮޓްލޭންޑް ޓީމުގެ އަމާޒަކީ މުބާރާތުގެ ނޮކްއައުޓް މަރުހަލާއަށް ދަތުރުކޮށް ތާރީޚު ބަދަލުކޮށްލުމެވެ. މީގެ ކުރިން ބައިވެރިވި އެއްވެސް ވޯލްޑްކަޕެއްގައި އެ ގައުމަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. މި މޮޅާއެކު ސްކޮޓްލޭންޑް މިވަގުތު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ.

ދުނިޔޭގެ ރޭންކިންގެ 84 ވަނައިގައި އޮތް ހައިޓީން މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސްކޮޓްލޭންޑުން ވަނީ ދިފާއީ ގޮތުން ވަރުގަދަ ކުޅުމެއް ދައްކައި މެޗު ކާމިޔާބުކޮށްފައެވެ. ހައިޓީން މި މުބާރާތަށް ކޮލިފައިވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އެއީ އެ ގައުމުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ކޮލިފައިން މެޗުތައް އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު ނުލިބި އޮތްވައެވެ.

ގްރޫޕް ސީގައި ހިމެނޭ މޮރޮކޯ އަދި ބްރެޒިލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސްކޮޓްލޭންޑްގެ ދެން އޮތް މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އެއަށްފަހު ގްރޫޕްގެ ފަހު މެޗުގައި މިއާމީގައި ބްރެޒިލާ ދެކޮޅަށް ނުކުންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި