Thursday, 8 October 2026
Ads by

އެންޓި-ޑިފެކްޝަން ބިލު ބަލައިގަނެ ދިރާސާކުރަން ހަތް މެންބަރުންގެ ކޮމިޓީއެއް

އެންޓި-ޑިފެކްޝަން ބިލު ބަލައިގަނެ ދިރާސާކުރަން ހަތް މެންބަރުންގެ ކޮމިޓީއެއް

އެންޓި ޑިފެކްޝަން ބިލު ދިރާސާ ކުރަން ހޮވި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ހަދާ ގާނޫނުގެ ބިލު، އެންޓި-ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ހާއްސަ ކޮމެޓީއަކަށް ފޮނުވަން ފާސްކޮށްފިއެވެ.

Ad Image
Ads by

ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނިންމާފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވަން މަޖިލީހުން ފާސްކުރިއިރު، ކޮމެޓީގައި ތިބޭނެ މެންބަރުންނާ ގުޅޭގޮތުން ހިޔާލު ތަފާތުވުން އުފެދި މަޝްވަރާ ކުރުމަށް ޖަލްސާ އިރުކޮޅަކަށް މެދުކަނޑާލަން ވެސް ޖެހުނެވެ.

އެންޓި-ޑިފެކްޝަން ބިލު ހުށަހެޅި ބޭނުމެއް ކަމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމި ތިބޭ ބައެއްކަން ކަށަވަރު ކުރުމާ އެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުން ކަމަށެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ  މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ވެސް މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ބިލުގައި ރިކޯލް ވޯޓު ނެގޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، މެންބަރު ކަމުގައި ދެމިހުންނަން ފެނޭތޯ ބެލުމަށް އެ މެންބަރަކު ތަމްސީލުކުރާ އިދާރީ ދާއިރާގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނަގާ ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައިފި ނަމަ އެކަން އެ ކޮމިޝަނުން އަންގާ ދުވަހުން ފެށިގެން މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ