Wednesday, 9 September 2026
Ads by

އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި

އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވޮޝިންޓަނުގެ އޯވަލް އޮފީހުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމެރާތަކަށް ހުއްޓިގެން ތިބި މަންޒަރު (އިންޑިއާ ޓުޑޭ)

އެމެރިކާއާއި އިންޑިއާގެ މެދުގައި އޮތް ”ސްޓްރެޓީޖިކް އެކުވެރިކަމުގެ“ ޙަޤީގަތް ދުނިޔޭގެ ކުރިމައްޗަށް ތިލަވާން ފަށައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކެއްގައި އިންޑިއާގެ 3 ފަޅުވެރިއަކު މަރުވުމާ ގުޅިގެން އިންޑިއާއިން ރަސްމީކޮށް ހިތްހަމަނުޖެހުން ފާޅުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރަށް ފޯނުން ގުޅައި، އިންޑިއާށް ބަސްބުނަންވީ ގޮތް ދަސްކޮށްދީ ކުޑަކޮށްލައިފައެވެ.

Ad Image
Ads by

އަލްޢަރަބިއްޔާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޫބިއޯ ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ އިންޑިއާގެ ވިޔަފާރި ބޯޓުފަހަރުތަކުން އެމެރިކާގެ އަސްކަރީ އަމުރުތަކަށް އެއްވެސް ޝަރުޠަކާ ނުލައި ބޯލަނބަންޖެހޭނެ ކަމަށާއި، އީރާނުގެ ތެޔޮ ހިފައިގެން އެމެރިކާގެ ބްލޮކޭޑާ ޚިލާފުވުން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށް ބުނެ، އިންޑިއާގެ ޚާރިޖީ ވުޒާރާ މުޅިން ”ހިމޭން“ ކޮށްލައްވާފައެވެ.

އެމެރިކާ ސިފައިން ވަނީ ޖޫން 8 ގައި ’މަރިވެކްސް‘ ބޯޓު ހަލާކުކޮށްލުމަށްފަހު، ޖޫން 10 ގައި ’ސެޓެބެލޯ‘ ބޯޓުގެ އިންޖީނުގެއަށް މިސައިލް ޙަމަލާދީ އިންޑިއާގެ 3 ފަޅުވެރިން ޝަހީދުކޮށްލާފައެވެ. އަދި އޭގެ އަނެއްދުވަހު 20 އިންޑިއާ ސިފައިން ތިބި ’ޖަލްވީރް‘ ބޯޓަށްވެސް ވަނީ ބޮންއަޅާފައެވެ.

އިންޑިއާއިން މި މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ނަމަވެސް، ފަލަސްޠީނުގެ ޖެނޮސައިޑްގައިވެސް ފެނިގެންދިޔަ ފަދައިން، އެމެރިކާގެ ”ވީޓޯ“ ބާރުގެ ސަބަބުން އދ. އަކީ އެއްވެސް ފައިދާއެއް ނެތް، ބާރުކެނޑިފައިވާ މުއައްސަސާއެކެވެ.

އެމެރިކާގެ ހުރި ނުފޫޒަކީ، އދ. ގެ އޮފިޝަލުންނާއި ބައިނަލްއަޤްވާމީ ކޯޓުތަކުގެ ފަނޑިޔާރުން އެމީހުންގެ ޤާނޫނީ ވާޖިބު އަދާކޮށް އިޒްރޭލާ ނުވަތަ އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅުމުން، ސީދާ އެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ބިރުދެއްކުމެވެ.

ދުނިޔޭގެ ކަނޑުމަތީގެ މަސައްކަތްތެރިންގެ ބޮޑު އިންސައްތައަކީ އިންޑިއާ، ފިލިޕީންސް އަދި ބަންގްލަދޭޝް ފަދަ ގްލޯބަލް ސައުތުގެ ރައްޔިތުންނެވެ. އެމެރިކާގެ މި އަނިޔާވެރި ޢަމަލުތަކުން ސާބިތުވަނީ، ހުޅަނގުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ނިކަމެތި މަސައްކަތްތެރިންގެ ފުރާނައަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމެވެ. އެމެރިކާއިން ފާޅުގައި ބައިނަލްއަޤްވާމީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަދަބުދެމުންދާއިރު، އިންޑިއާއިން އދ. އިން އިންސާފު ހޯދަން އުޅުމަކީ ދުނިޔެއަށް ދައްކާ ހިތާމަވެރި ޖޯކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ކަޑަބޮއް ސައީދު
ކަޑަބޮއް ސައީދު
2 މަސް ކުރިން

އިންޑިއާ އަކީ ނަޖިސް ގައުމެއް އަދި ހިންދޫ އިންނަކީ ފިނޑިން

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި