Wednesday, 9 September 2026
Ads by

ލޭ ހަދިޔާކުރުމުގެ ސަބަބުން އެތަކެއް ފުރާނައެއް ސަލާމަތްކުރެވިގެންދޭ: ރައީސް

ލޭ ހަދިޔާކުރުމުގެ ސަބަބުން އެތަކެއް ފުރާނައެއް ސަލާމަތްކުރެވިގެންދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން އެތަކެއް ފުރާނައެއް ސަލާމަތްކުރެވިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބައިނަލްއަގްވާމީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އެފަދަ ފަރާތްތަކުގެ ދީލަތި އެހީއަކީ އުމުރުދުވަހަށް ބަލިތަހައްމަލުކުރާ ފަރާތްތަކާއި، ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު ފުރާނަ ސަލާމަތްކުރުމަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރައިގެން ދިޔަ ނަމަވެސް، ލޭގެ ބަދަލުގައި އެހެން އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން ގައުމީ ފެންވަރުގައި ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، ހިލޭސާބަހަށް ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާކަމެއް ކަމަށެވެ.

ހަމައެހެންމެ ރާއްޖެފަދަ ޖިއޮގްރަފީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޖަޒީރާ ގައުމަކަށް، ސިއްހީ ކުއްލި ހާލަތްތަކުގައި ވަގުތުން ލޭ ލިބުމަކީ ވަރަށް ބޮޑު ބަދަލެއް ގެނުވާނެކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖުގައި، ލޭ ހަދިޔާކުރުމަށް މީހުން ހޭލުންތެރިކުރުވައި، އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި