Sunday, 27 September 2026
Ads by

ކުޅިވަރުގެ ރޫހާ ހިލާފަށް އެމެރިކާއިން މުސްލިމު ގައުމުތަކުގެ މަންދޫބުންނަށް ދަތިކުރަނީ

ކުޅިވަރުގެ ރޫހާ ހިލާފަށް އެމެރިކާއިން މުސްލިމު ގައުމުތަކުގެ މަންދޫބުންނަށް ދަތިކުރަނީ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ދަތުރުކުރެއްވުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބަށް އެމެރިކާގެ ވިސާ ނުލިބުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ad Image
Ads by

ފަލަސްތީނުގެ ފުޓްބޯޅަ އިދާރާގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގެ ފެޑެރޭޝަންތަކުގެ ރައީސުންނާއެކު ވޯލްޑް ކަޕްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދައަށް އެދިވަޑައިގެން، އޭނާ މިވަގުތު ހުންނެވީ މެކްސިކޯ ސިޓީގައެވެ. ބުރާސްފަތި ދުވަހު މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށްފަހު، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބިގެން މަޑުކުރަން ޖެހިފައިވާ ގިނަ ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން އޭޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ރަޖޫބު ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ބައިވެރިންނަށް މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވުމުގެ ހައްގު ނިގުޅައިގަތުމަކީ އިންސާފެއް ނޫން ކަމަށެވެ.

ފަލަސްތީނުގެ ޓީމު މި މުބާރާތަށް ކޮލިފައި ނުވި ނަމަވެސް، ދުނިޔޭގެ އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ރައީސުންނަށް ފީފާއިން ދައުވަތު އަރުވައެވެ.

މިދިޔަ އަހަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ، 2026 ގެ ވޯލްޑް ކަޕަށް ކެނެޑާ، މެކްސިކޯ އަދި އެމެރިކާއަށް ދާ ހުރިހާ އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އެމެރިކާއިން ވަނީ ބައެއް ގައުމުތަކުގެ މަންދޫބުންނަށް ވިސާ ދިނުމަށް އިންކާރުކޮށްފައެވެ. މީގެ ތެރޭގައި ސޯމާލިއާގެ ރެފްރީއަކާއި އިރާގު ޓީމާއެކު ދަތުރުކުރި ފޮޓޯގްރާފަރަކު ވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން އިންފަންޓީނޯ ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިސާގެ މައްސަލަތައް ހައްލުކުރުމަށް ފީފާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ފީފާއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ފުލުހުންގެ މައްޗަށް ބަސްބުނެވޭނެ އިދާރާއެއް ނޫން ކަމަށް ބުނެ އޭނާ ވަނީ އެމެރިކާ ދިފާއުކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި