Wednesday, 9 September 2026
Ads by

މީދޫ ކައުންސިލްގެ ރައީސް ހޮވާ އިންތިހާބުގައި މިހާތަނަށް ވޯޓުލީ 772 މީހުން

މީދޫ ކައުންސިލްގެ ރައީސް ހޮވާ އިންތިހާބުގައި މިހާތަނަށް ވޯޓުލީ 772 މީހުން

ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ އިތުރުބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލް ރައީސް ހޮވާ އިންތިހާބުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ އަދާހަމައަށް ބަލައިލާއިރު މި އިންތިހާބުގައި މިހާތަނަށް 772 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 338 އަންހެނުންނާއި 434 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1،049 މީހަކަށެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާގޮތުގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ކަމަށެވެ. މި އިންތިހާބުގައި ތިން ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެގޮތުން ދ. އަތޮޅު މަދުރަސާގައި ދެ ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ. އެ ފޮށި ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

ދ. މީދޫ ކައުންސިލް ރައީސް މަގާމަށް މީހަކު އިންތިހާބު ކުރުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން ހުސްވި މެއި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމާއި ގުޅިގެންނެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމެވެ.

މި މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ، އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެއެވެ. ހައި ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެ ވޯޓުގައި ހެޔޮ ފާހަގައިގެ މަތިން ފަވާފައިވީ ނަމަވެސް އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ނެތުމުން އެއީ ސައްހަ ވޯޓެއް ކަމަށާއި ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީންނާއި އެމްޑީއޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، 392 ވޯޓާއިއެކު ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ސުހާއަށް ލިބިފައިވަނީ 391 ވޯޓެވެ.

އިންތިހާބުގައި ވޯޓުނުލައި ބާކީ ތިބީ އެންމެ 277 މީހުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި