“ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި “ހައުސިން ކޮމިޓީ”ން އެ ކޮމިޓީއަށް އައްޔަން ކުރައްވާފައިވާ އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.
ހައުސިން ކޮމިޓީން އަނީސަ އިސްތިއުފާ ދެއްވިއިރު އެކޮމިޓީގެ މުގައްރިރަކަށްވެސް އައްޔަން ކުރައްވާފައިވަނީ އޭނާއެވެ. އަދި މިހާތަނަށް ބާއްވާފައިވަނީ އެ ކޮމިޓީގެ އެންމެ ބައްދަލުވުމެކެވެ.
“ހައުސިން ކޮމިޓީ” އުފެއްދީ 5 މެންބަރުން ހިމެނޭ ގޮތަށެވެ.
ކޮމެޓީގެ މެންބަރުންނަކީ؛
- އަނީސާ އަހްމަދު
- އާމިނަތު އީނާސް
- އަހްމަދު އަލީ މަނިކު
- އަބްދުލްއަޒީޒް ޔޫސުފް
- މަރިޔަމް ފިޒާނާ ރަޝީދު
އަދި އެއަށްފަހު، ޑރ. މުޢިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި “ހައުސިން ކޮމިޓީ”ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއްވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށްވެސް ހައުސިން މިނިސްޓްރީން އުފައްދާފައިވެއެވެ.
އެހެންނަމަވެސް އެކޮމިޓީއުފެއްދެވީ މާލޭ ސިޓީ ކައުންސިލްގެ މަޝްވަރާ ނުހޯދާކަމަށް ބުނެ، މާލޭ ސިޓީގެ މޭޔަރުވަނީ އާ ކޮމިޓީއެއް އެކުލަވާލާފައެވެ.