Wednesday, 9 September 2026
Ads by

ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ދައުވާކުރާ ނަޝީދަށް އިންތިޚާބުގެ އަސާސީ ގަވާއިދުވެސް އޮޅުން ނުފިލާ!

ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ދައުވާކުރާ ނަޝީދަށް އިންތިޚާބުގެ އަސާސީ ގަވާއިދުވެސް އޮޅުން ނުފިލާ!

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގައި، އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ދެއްވައިފިއެވެ. މިއަދު މާލޭގައި ހުރި ވޯޓުލާ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ އިންތިޚާބާ ގުޅޭގޮތުންނާއި މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

Ad Image
Ads by

ވޯޓުލާ ދުވަހު ކެމްޕޭން ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ވޯޓުލާ ދުވަހު މާ ގިނަ ސިޔާސީ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ ގަވާއިދެއް އެންމެ ފުރިހަމައަށް އެނގިވަޑައިނުގަތް ނަމަވެސް، ބުއްދީގެ ހަމައިން ވިސްނާލުމުންވެސް މިއަދަކީ ކެމްޕޭން ކުރަންޖެހޭ ދުވަހެއް ނޫންކަން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑިމޮކްރަސީގެ ޗެމްޕިއަނަކަށް ހެދިގެން އުޅުއްވާއިރު، އަމިއްލަ ޕާޓީގެ އިންތިޚާބެއްގެ އަސާސީ ގަވާއިދުވެސް ނަޝީދަށް އޮޅުން ނުފިލާކަމަށްބުނެ މީކާއިލްގެ ފެކްޝަނުން ވަނީ ނަޝީދަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

”މިއަދު އެހާ ބައިވަރު ސިޔާސީ ވާހަަކަ ދެއްކުން އެއީ ރަނގަޅުކަމެއްނޫން.. ވޯޓުލާ ދުވަސްވީމަ. އަޅުގަނޑުމެން އެކަކަށްވެސް މާ ރަނގަޅަކަށް ހުރިހާ ގަވާއިދެއް ނޭނގެ، އެކަމަކު ހަމަ ބުއްދިން ވިސްނާލީމާ އެބަ އެނގޭ މިއަދަކީ ކެމްޕޭނު ކޮށްގެން ވާނެ ދުވަހެއް ނޫންކަން“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް، ނަޝީދުގެ ޓީމުން ކެމްޕޭނު ކުރުންވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަ ގެންދެއެވެ. މިހާތަނަށް މި އިންތިޚާބުގައި ނަޝީދުގެ ސަޕޯޓަރުން ވަނީ 2 ވޯޓު ފޮށްޓެއް ފަޅާލާ އެއް ވޯޓު ފޮށި ނިޒާމުން ގެއްލުވާލާ ހަމަނުޖެހުން ހިންގާފައެވެ. އެއީ ފ. ފީއަލީ އަދި ގދ. ފިޔޯރީގައި ބެހެއްޓުނު ވޯޓު ފޮށިތަކެކެވެ. މިކަމާއި ގުޅޭގޮތުން ނަޝީދު ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. އެހެންނަމަވެސް އިންތިޚާބު ކުރިއަށް ދަނީ އަމާން އޮމާންކޮށް ކަމަށް ދައްކަން މަސައްކަތް ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، މޫސުން ގޯސްވި ނަމަވެސް އެކަމަށް ބެލުމެއް ނެތި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން މި ވޯޓުގައި ބައިވެރިވާ މަންޒަރަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. އަދި މިއީ ވަރަށް ފުރިހަމަ އިންތިޚާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމްޑީޕީ މިހާރު އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޕާޓީގެ ރީނދޫ ކުލައާއި، ލަވަތަކާއި، ދިދަތަކުން ޕާޓީގެ ޖޯޝު ފެންނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައިގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް މުޢިއްޒަށް މިހާރު ވަނީ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައެވެ. އަދި ސަރުކާރުގެ ނާގާބިލްކަން ވަރަށް ބޮޑަށް ފާހަގަވަމުންދާ ކަމަށާއި، ސިޔާސީ ބޭނުންތަކަށްޓަކައި ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ނުރުހުން ފާޅުކުރެއްވިއެވެ. ނަޝީދު ވިދާޅުވީ ސަރުކާރުން ކުރާ މިފަދަ ކަންކަމުގައި އެމްޑީޕީ މަޑުން ނޯންނާނެ ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް ދަރަނިން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް މީގެ ކުރިން އެންމެބޮޑަށް ތައުރީފް ކުރެއްވީވެސް ނަޝީދެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމަށް ސިޔާސީ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި