Thursday, 12 February 2026
Ads by

ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: އެސްޑީއެފްސީ

ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: އެސްޑީއެފްސީ

ފޮޓޯ: މީސް މީޑިޔާ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އާއްމުކުރަމުން ދަނީ ދޮގު ވާހައެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

Ad Image
Ads by MN Maldives

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަނުން ބުނެފައިވަނީ، ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެެއެވެ.

އެ ކޯޕަރޭޝަނުން ލޯނު ދޫކުރަމުންދާ ދާއިރާތަކަށް ތެރެއަށް އިތުރު ކެޓެގަރީތައް ވެސް އިތުރުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، “ކަނޑުފަޅު ނަފާ” ގެ ތެރެއިން ފަރު މަސްވެރިކަމަށް ހާއްސަ ކެޓެގަރީއަކެއް ހިމެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ އިތުރުކުރެވުނު ދާއިރާއާއި، “ދަނޑުވެރި ނަފާ” ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަކަށް “ފަށާ މަދަދު” ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ލޯނަށް ހުށަހެޅޭނީ އެ ކޯޕަރޭޝަންގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްވެސް އެ ކޯޕަރޭޝަނުން އަންނަނީ ލޯން ދޫކުރަމުންނެވެ. އަދި މިއަހަރުގެ މިހާ ހިސާބަށްވެސް ގިނަ ފަރާތްތަކަކުން ލޯނަށް އެދެމުންދާކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
raees muiz
ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް މުޢިއްޒު
IMG_7480
މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް
WhatsApp Image 2026-02-11 at 20.48
ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި
WhatsApp Image 2026-02-11 at 20.48
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި
Ads by
މަގުބޫލު
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް