Sunday, 26 July 2026
Ads by

ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ނަމޫނާ ހިޖުރައިގެ މަތިވެރި ޙާދިޘާއިން!

ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ނަމޫނާ ހިޖުރައިގެ މަތިވެރި ޙާދިޘާއިން!

ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ އިބުރަތްތަކާ މެދު ފުންކޮށް ވިސްނައި، ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން އަޅަމެންގެ ޙަޔާތް ބައްޓަންކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

Ad Image
Ads by

މިއަދުގެ ޚުޠުބާގެ މައުޟޫޢު އަކީ ’ޙިޖުރައިގެ ޢިބްރަތް ތަކުގެ ތެރެއިން‘ މި މައުޟޫޢު އެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ހިޖުރައިގެ އެންމެ ފުޅާ މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިމާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ.

މީހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟“ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. (أَنْ تَهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ) މާނައީ: ”އެއީ ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ.“

ހިޖުރައިގެ ދަތުރުފުޅުން ލިބޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު އުފަންވި ރަށާއި، ޢާއިލާ ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައެވެ. މި މަތިވެރި ޤުރުބާނީގެ ނަމޫނާ، އަޞްޙާބު ބޭކަލުންގެ ކިބައިން ވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އުންމު ސަލަމާގެ ޢާއިލާ ވަކިވެދިޔަ ހިނދުގައި ވެސް ދީން އިސްކުރެއްވުމާއި، ޞުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ﷲގެ މަގުގައި ދޫކޮށްލެއްވި ހާދިސާ ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ހިޖުރައިގެ ދަތުރުފުޅުން ލިބޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމެވެ.

ރަސޫލާ ﷺ މައްކާއިން ނުކުމެވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. (وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ) މާނައީ: ”ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިޔައީ ﷲގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިމެވެ. އަދި ﷲގެ ޙަޟުރަތުގައި އެންމެ ލޯބިވެތި ބިމެވެ. ތިޔަ ބިމުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ، ތިޔަ ބިމުން ނުކުމެވަޑައެއް ނުގަތީމުހެވެ.“

މީގެ އިތުރުން، ކަމެއް ކާމިޔާބުކުރުމަށްޓަކައި ފުރިހަމައަށް ރޭވުމާއި ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ހިޖުރައިގެ ޙާދިޘާއިން ހާމަވެއެވެ. އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުވުމުގައި ކުރެއްވި ބުރަ މަސައްކަތަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެވެ.

މި މަތިވެރި ނަޞްރާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا…) މާނައީ: ”ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން ﷲ އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. (އެއީ) ކާފިރުވީ މީހުން އެކަލޭގެފާނު ނެރެލި ހިނދުގައެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލުގައެވެ. އެދެކަލުން ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާއެކުގައޭ ވިދާޅުވި ހިނދުގައެވެ.“

ޚުޠުބާ ނިންމަވާލައްވަމުން، ކޮންމެ ފަދަ ދަތި އުނދަގޫ ވަގުތެއްގައި ވެސް މާތް ﷲ އަށް ވަކީލުކޮށް، އީމާންކަންމަތީ ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި