Saturday, 24 October 2026
Ads by

ގެއްލުނު ފުލުސް މީހާ ހޯދުމުގައި ދެއްކެވި ހިތްވަރަށް ދެ ޑައިވަރުންނަށް ސަރުކާރުގެ މަތީ ފަންތިން ޝުކުރު އަދާކޮށްފި

ގެއްލުނު ފުލުސް މީހާ ހޯދުމުގައި ދެއްކެވި ހިތްވަރަށް ދެ ޑައިވަރުންނަށް ސަރުކާރުގެ މަތީ ފަންތިން ޝުކުރު އަދާކޮށްފި

ޑިއުޓީގައި އުޅުއްވަނިކޮށް ކަނޑަށް ވެއްޓި ގެއްލުނު ފުލުހަކު ހޯދުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވެ، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ދެ ޑައިވަރުންނަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.

Ad Image
Ads by

މި އޮޕަރޭޝަނުގައި އިސްނަންގަވައިގެން ނުރައްކާތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 11 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުންގެ ’ލޯންޗު 57‘ ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ކަނޑަށް ވެއްޓި ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ނެގުމަށް (ރިކަވަރ ކުރުމަށް) ކުރެވުނު ބުރަ މަސައްކަތުގައި މި ދެ ބޭފުޅުން ވަނީ އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ދަނޑިވަޅުގައި އެ ބޭފުޅުން ދެއްކެވި ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި މުޅި ފުލުހުންގެ މުއައްސަސާގެ ނަމުގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ފޯނު ކޯލްތަކުގައި މިނިސްޓަރާއި ސީޕީ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހިތާމަވެރި ހާދިސާތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ މިފަދަ އެހީތެރިކަމަކީ ދިވެހި މުޖުތަމައުގެ އެއްބައެއްވަންތަކަމާއި، އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެކެވެ. އަދި މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ކޮށްދެއްވި މަސައްކަތަކީ އަގުނުކުރެވޭނެ ފަދަ މުހިންމު ޤައުމީ ޚިދުމަތެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރާއި ކޮމިޝަނަރ އަލިއަޅުއްވާލެއްވިއެވެ.

ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ، މިއީ ފުލުހުންގެ ޚިދުމަތަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅެއްގައި އާންމު ދެ ރައްޔިތަކު ފޯރުކޮށްދިން ނުހަނު ބޮޑު އެހީތެރިކަމެއް ކަމަށާއި، އެކަން މުޅި މުއައްސަސާއިން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި