Wednesday, 9 September 2026
Ads by

އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު ތިނަދޫ ސިޓީގައި އޮޕަރޭޝަން ކޭމްޕެއް ފަށައިފި

އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު ތިނަދޫ ސިޓީގައި އޮޕަރޭޝަން ކޭމްޕެއް ފަށައިފި

ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުންގެ ބޮޑު ކޭމްޕެއް މިއަދު ފަށައިފިއެވެ.

Ad Image
Ads by

މިއަދުން ފެށިގެން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕަކީ އެކި ބަލިތަކަށް ޚާއްޞަ 10 ޑޮކްޓަރުންގެ ޓީމަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކޭމްޕުން ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 1555އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ކޭމްޕުގައި ހިމެނޭ ޚާއްޞަ ޑޮކްޓަރުންގެ ތެރޭގައި އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްޞަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ ޑޮކްޓަރެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކާއި، ކެންސަރުގެ އޮޕަރޭޝަންތަކުގެ އިތުރުން ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުން މި ކޭމްޕުގައި ބަލިމީހުން ބަލާނެއެވެ. އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް (Pain Management) ޚާއްޞަ ޑޮކްޓަރެއްވެސް މި ޓީމުގައި ހިމެނެއެވެ.

މި ކޭމްޕުގެ ތެރެއިން ފޯރުކޮށްދޭނެ މުހިންމު ޚިދުމަތްތައް:

އޯޕީޑީގައި ބަލި މީހުން ބަލައި ފަރުވާދިނުން.

ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ޚާއްޞަ ފަރުވާދިނުން.

ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ
އޮޕަރޭޝަންތައް ކުރުން.

ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން.

ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

މި ކޭމްޕާ ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލުން ބުނީ، މިފަދަ ކޭމްޕުތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކަށް އޮތް ފުރުޞަތުތައް އިތުރުވެ، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނާ ގާތަށް ގެންގޮސްދެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި