Wednesday, 9 September 2026
Ads by

ތިކިތަކެއް ހުރި ވޯޓު ކަރުދާސްތައް ބާތިލު ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ގޮނޑި އެމްޑީޕީއަށް

ތިކިތަކެއް ހުރި ވޯޓު ކަރުދާސްތައް ބާތިލު ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ގޮނޑި އެމްޑީޕީއަށް

ސުޕްރީމް ކޯޓް ހިންގާ އިމާރަތް--- ފޮޓޯ: އެކި އެމްވީ

މި އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިކިތަކެއް ހުރުމުން އެ ކަރުދާސްތައް ބާތިލްކުރުމަށް ހައިކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ހައިކޯޓުން ބާތިލްކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަޙުސަން ނަޢީމަށް ލިބުނު ތިން ވޯޓެކެވެ. އެ ވޯޓުތައް ބާތިލްކުރުމާ ގުޅިގެން ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް އެއް ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބުވި ނަމަވެސް، އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޯޓު ކަރުދާސްތަކުގައި ހުރި ކަޅު ދެލީގެ ތިކިތަކަކީ ޗާޕުކުރުމުގެ ތެރޭގައި ދިމާވި ކަމެއް ކަމަށް ކަރުދާސްތައް ޗާޕުކުރި ނޮވެލްޓީން ބުނެފައިވާ ކަމަށެވެ. އަދި އެއީ ވޯޓުލީ މީހުން ގަސްތުގައި ޖަހާފައިވާ ނިޝާންތަކެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ވޯޓުލާފައިވަނީ ނޫކުލައިގެ ދެލިން ލިޔެވޭ ގަލަން ބޭނުންކޮށްގެން ކަމަށްވާއިރު، ވޯޓުލާ މަރުކަޒަށް ކަޅުކުލައިގެ ދެލިން ލިޔެވޭ ގަލަމެއް ވެއްދިކަމުގެ އެއްވެސް ޝަކުވާއެއް ރިޕޯޓުކޮށްފައި ނުވާތީ، ވޯޓުގެ ސިއްރުކަން ގެއްލިފައިވާ ކަމަށް ބެލެވޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، އަޙުސަން ނަޢީމަށް ޖުމުލަ 121 ވޯޓު ލިބި އޭނާ ވަނީ މަގާމަށް އިންތިހާބުވެފައެވެ. ޕީއެންސީގެ ކެންޑިޑޭޓް ނަޒީހަށް ލިބިފައިވަނީ 118 ވޯޓެވެ. މި ނަތީޖާއާއެކު ވޭވަށު ކައުންސިލްގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީއަށް ލިބިފައިވާއިރު، އެ ޕާޓީއަށް މިހާރު ވަނީ ކައުންސިލްގެ ރައީސްގެ ގޮނޑިއާއެކު ޖުމްލަ ދެ ގޮނޑި ކާމިޔާބުވެފައެވެ. ޕީއެންސީއަށް ލިބިފައިވަނީ އެއް ގޮނޑިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި