Wednesday, 9 September 2026
Ads by

ޝަމްޢާންގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް، ތަޙުޤީޤު ހިންގީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް

ޝަމްޢާންގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް، ތަޙުޤީޤު ހިންގީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް

ފުލުހުންގެ ހެޑް ކުއާޓަރ.. ހުސެއިން އާދަމް ބިލްޑިންގ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ ތަޙުޤީޤާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

ތަޙުޤީޤަށް ހޯދުނު މުހިންމު ހޯދުންތައް:

ފުލުހުންގެ ތަޙުޤީޤަށް ކަށަވަރުވެފައިވާ ގޮތުގައި، 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނަކީ އޭގެ ހަފުތާއެއް ކުރިން ޝަމްޢާންގެ އޮފީހުގައި ރޭވި އޮޕަރޭޝަނެކެވެ. އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމަށް، ސްޕޮންސަރުގެ ނަމުގައި ފޮނުވި އީމެއިލަކާ ގުޅިގެން ޝަމްޢާން ސީދާ އިރުޝާދު ދެއްވިކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން، އެ ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 (ފަސްލައްކަ) ރުފިޔާ ހޯދުމަށް ޝަމްޢާނާ ގުޅައިގެން މަޝްވަރާކޮށްފައިވާ ކަމާއި، ދަންވަރު 3:00 އެހައިކަންހާއިރު އިމިގްރޭޝަންގެ ދެ މުވައްޒަފަކު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައިވާކަން ސީސީޓީވީ ފުޓޭޖްތަކުންނާއި ތަހުގީގުން ވަނީ ކަށަވަރުވެފައެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

ފޯނުގެ ލޮކް ކޯޑު ދީފައެއް ނުވޭ:

ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަންގެ ހެކި ހުރި ކަމަށް އޭނާ މިހާރު ބުނަމުންދިޔަ ނަމަވެސް، މުޅި ތަޙުޤީޤު މަރުހަލާގައާއި އޭނާ ބަންދުން ދޫކޮށްލި ފަހުންވެސް އެފަދަ މައުލޫމާތެއް އެއްވެސް މުއައްސަސާއަކާ ހިއްސާކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ. އަދި ތަޙުޤީޤަށް ހިފެހެއްޓި ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ދިނުމަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ތަޙުޤީޤަކީ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި، ހެކިތަކުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ މިނިވަން ތަޙުޤީޤެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މިހާރު މި މައްސަލައިގައި ހުކުމް އިއްވާފައިވާއިރު، ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޮތް ޤާނޫނީ ހައްލަކީ އިސްތިއުނާފު ކުރުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި