Sunday, 27 September 2026
Ads by

ލަފާފުރުމަށް ފަސޭހަކޮށްދިނުމަށް ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދު ވަގުތީ ގޮތުން ހުޅުވާލައިފި

ލަފާފުރުމަށް ފަސޭހަކޮށްދިނުމަށް ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދު ވަގުތީ ގޮތުން ހުޅުވާލައިފި

ވަގުތީ ގޮތުން ބަނދަރުގެ ހުޅުވާލާ ސަރަހައްދު--- ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަންދުކޮށްފައިވާ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ ބައެއް، އާންމު ދަތުރުފަތުރާއި ލަފާފުރުމަށް ވަގުތީގޮތުން ބޭނުންކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ، ޕޯސްޓް އޮފީހާއި ބާސެލޯ ނަސަންދުރައާއި ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ކައިރި ކުރުމަށާއި، ފަސިންޖަރުން އަރުވާ ބޭލުމަށް ވަގުތީ ގޮތުން ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ލަފާފުރުމަށް ފަސޭހަކޮށްދިނުމަށް ޖެޓީ ސަރަހައްދު ހުޅުވާލި ނަމަވެސް، އެ ސަރަހައްދަކީ އަދިވެސް މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދެއް ކަމަށްވާތީ، އާންމު ދަތުރުފަތުރަށް އެ މަގު އަދި ހުޅުވައެއް ނުލައެވެ. ކަން މިހެން އޮތުމުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ރައްކާތެރިވުމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ޖުމުލަ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު ހަތަރު ލޭނަށް ފުޅާކުރުމާއި، 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި