ށ. ނަރުދޫ ބަނދަރު އަލުން ތަރައްޤީކުރުމަށްޓަކައި ހިންގާ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު އެމްޓީސީސީން ހިއްސާކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް ވަންނަ ނެރު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢަކީ ނަރުދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެކި ސަރަޙައްދުތަކުން ޖުމްލަ 55,332 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
Project Update: Design and build of Sh. Narudhoo harbour reconstruction
Harbour channel dredging operations are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/OV82vX01h3
— MTCC Plc (@MTCCPlc) June 11, 2026
މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
210 މީޓަރުގެ ސަރަޙައްދެއްގައި ”ޕްރީކާސްޓް އެލް ބްލޮކް“ ބޭނުންކޮށްގެން އެއްގަމު ތޮށިލުން.
604 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުން ނުވަތަ ގޮނޑުދޮށް ހިމާޔަތްކުރުން.
955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރުގެ ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ނަރުދޫ ބަނދަރުގެ މި މަޝްރޫޢަކީ ފަރުމާކުރުމާއި ބިނާކުރުމުގެ (ޑިޒައިން އެންޑް ބިލްޑް) އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ނިމުމުން، އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.









