Wednesday, 9 September 2026
Ads by

ހާއްސަ ކެޓަގަރީގެ ދަށުން މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅޭނެ

ހާއްސަ ކެޓަގަރީގެ ދަށުން މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅޭނެ

ހިޔާ ފްލެޓްތައް---

ހާއްސަ ކެޓަގަރީގެ ދަށުން މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ގޯއްޗާއި ފްލެޓަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް، ހާއްސަ ކެޓަގަރީގެ ދަށުން މައިމުޅަވެފައިވާ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނަށް ވެސް ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އެވެ.

މައިމުޅަވުމޭ ބުނެއުޅެނީ އަންހެން ދަރީގެ ދަރިންނަށް ކާފަ ނުވަތަ، މާފަ (މަންމަގެ ބައްޕަ) ނުވަތަ މާމަގެ މުދާ ނުލިބޭގޮތް ވުމަށެވެ. މިގޮތް ދިމާވަނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ތިއްބާ އަންހެން ދަރިފުޅު ނިޔާވުމުން އޭނާގެ ކުދިން ތިބިނަމައެވެ. މައިމުޅަވުމޭ ކިޔަނީ މިގޮތް ދިމާވުމުން ނިޔާވި އަންހެން ދަރީގެ ދަރިން ކާފަ، މާފަ، ނުވަތަ މާމަގެ މުދަލުން މަހުރޫމް ވާތީއެވެ. މިހާރު މިވަނީ މިކަމަށް ހައްލު ލިބި އެ ކުދިންގެ މައިންބަފައިންނަށް ހާއްސަ ކެޓަގަރީއެއް އެކުލަވާލައިފައެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން، އެ ފަރާތަކުން އެދޭ ސްކީމަކީ ރަނގަޅު ސްކީމްތޯ އާއި ހުރިހާ ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ފްލެޓު ދޫކުރުމަށް 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން 4,000 ފުލެޓާއި މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަކޮށްގެން 1,500 ފުލެޓް ހިމެނެއެވެ.

އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީ 1 ގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. ކެޓަގަރީ 2 ގައި ހިމެނޭ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

މީގެ ތެރެއިން މާލޭ ރަށްވެހިންގެ ކެޓަގަރީން 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3,000 ގޯތި، ބިން ކުޑަވުމުގެ ސަބަބުން ގެދޮރު ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް 500 ގޯތި އަދި ހަނި ގޯޅިތަކުގައި ހުރި ދަތި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ ހައުސިންގ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު