Wednesday, 9 September 2026
Ads by

އެންމެ ހެޔޮ މީހަކީ ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް އުފާވެރިކަން ގެނެސްދޭ މީހާ: ޚުޠުބާ

އެންމެ ހެޔޮ މީހަކީ ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް އުފާވެރިކަން ގެނެސްދޭ މީހާ: ޚުޠުބާ

އެންމެ ހެޔޮ މީހަކީ ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށް ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އެންމެ ހެޔޮ މީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ރަމަޟާން މަހާއި ދިރިއުޅުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައި ވަނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖުތިމާޢީ އަދި ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާ ކަމަށެވެ. ރޯދަ އަަހަރެމެންނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ”ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ.“

ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. ޤުރްއާން ކިޔެވުމާއި ރޭއަޅުކަން ކުރުމުގެ މައްސަރެވެ. އަދި ހިދާޔަތުގެ މައްސަރު ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ”ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ ﷲ سبحانه وتعالى އެދިވޮޑިގަންނަވާ ގޮތެއް ނޫނެެވެ.“

މިއަދުގެ ޚުޠުބާގައި ބުނީ ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެއް ކަމަށެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާން ޖެހޭ ކަންތައްތަކެއްވާ ކަަމަށެވެ. މިގޮތުން ދެބައޮޑުވުމާއި ނެތިމޮށުން ފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަަމަށެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާން ޖެހޭ ކަަމަށެވެ. ޙަޤީޤީ މާނައިގައި ރޯދަ ހިފާ މީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާން ޖެހޭ ކަމަށެވެ.

ރޯދައަކީ ނުބައި އަޚުލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއްކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނި ގޮތުގައި ރޯދަވެރިޔާ އަޚުލާޤު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެ ކަމުގައެވެ. އެހާރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މި ދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމުގައެވެ.

”މިފަދަ ފަހި ފުރުޞަތެއް ދެވަނަ ފަހަރު ނުލިބުމަކީ އެކަށީގެންވާ ކަަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެވެ! މުޖުތަމަޢު އެއްބައިވަންތަކުރާ މުޖުތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ބަޔަކު ކަމުގައިވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙުސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮ މީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ.“ 

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮ ގޮތުގައި ލިބޭނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ ﷺ އާއި މި އުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވި ގޮތް ނަމޫނާއަކަށް ބަލައިގެންކަން މިއަދުގެ ޚުޠުބާގައި ފާހަގަކުރިއެވެ. ފަރުޟު ފަސް ނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށާއި ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތިން ހޭދަ ކުރާ ބަޔަކަށް ވުމަށް ގޮވާލައި ޚުޠުބާގައި ބުނެފައި ވަނީ ތަރާވީޙު ނަމާދާއި ރޭއަޅުކަމާއި ކީރިތި ޤުރުއާން ގިނަގިނައިން ތިލާވަތު ކުރުމަކީ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި