Wednesday, 9 September 2026
Ads by

ވާދަވެރިޔަކީ މީކާއިލް، އެކަމަކު އަމާޒަކީ ރައީސް މުޢިއްޒު: ނަޝީދުގެ ސިޔާސީ މިސްރާބު އޮޅިއްޖެ

ވާދަވެރިޔަކީ މީކާއިލް، އެކަމަކު އަމާޒަކީ ރައީސް މުޢިއްޒު: ނަޝީދުގެ ސިޔާސީ މިސްރާބު އޮޅިއްޖެ

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް މި އިންތިޚާބުގައި ވާދަކުރާ ކުރީގެ ރައީސް ނަޝީދު (ނަޝީދު) ފުރައްސާރަކޮށްފިއެވެ.

Ad Image
Ads by

މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އޭނާ މި އިންތިޚާބުން މޮޅުވުމުން ރައީސް މުޢިއްޒު ޖެހޭނީ ”މުންޑު އަނދެގެން ގޭގައި އޮންނަން“ ކަމަށާއި ބޭރަށް ނުކުމެވަޑައިގެން އުޅުއްވައިގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގަ ނަޝީދު ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއާ އެވެ. ނަމަވެސް، މުޅި ކެމްޕޭނުގައި ނަޝީދުގެ ފޯކަސް ހުރީ އޭނާގެ ވާދަވެރި ކެންޑިޑޭޓަށް ވުރެ ބޮޑަށް ސަރުކާރަށާއި ރައީސް މުޢިއްޒަށެވެ.

އެގޮތުން ކޮންމެ ޕޯޑިއަމެއްގައިވެސް ރައީސް މުޢިއްޒާ ޒާތީ ގޮތުން ދިމާކުރައްވައި، އިޙުތިރާމް ކުޑަވާ ފަދަ ބަސްމަގުން ނަޝީދު ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އިންތިޚާބުން ބަލިވެއްޖެ ނަމަ ރައީސް މުޢިއްޒު ގޭގައި އޮންނަވަން ޖެހޭނެ ކަމަށް ވިދާޅުވީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ”ޑިމޮކްރަސީއެއްގައި ބަލިވާ މީހާ ދެން މާ ގަދަހަށި ނަގައިގެން އުޅޭނެ ކަމެއް ނެތް“ ކަމަށެވެ. އަދި އޭނާގެ އަސްލު ވާދަވެރިޔަކީ ފެންނަން ހުރި ކެންޑިޑޭޓް (މީކާއިލް) ނޫން ކަމަށާއި، އޭނާއާ ވާދަކުރަނީ ސަރުކާރުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ. ”އަޅުގަނޑާ ވާދަކުރަނީ ސަރުކާރުން، ކަޓުވާލަން އުޅެނީ ސަރުކާރުން،“ ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުޢިއްޒު ވާދަކުރެއްވި ކޮންމެ އިންތިޚާބެއްގައިވެސް ނަޝީދު ވަނީ އެމަނިކުފާނަށް ފުރައްސާރަކޮށް ވާހަކަ ދައްކަވާފައެވެ. މީގެ ކުރިން ”ރާއްޖެތެރޭ މީހެކޭ“ ކިޔައިގެންނާއި އެކި ކަހަލަ ވަނަމުން ގޮވައި ރައީސް މުޢިއްޒަށް އަމާޒުކޮށް ނަޝީދު ފާޑުކިޔުންތައް އަމާޒުކުރިއެވެ. ނަމަވެސް، މި ހުރިހާ ފުރައްސާރައަކާއި ޒާތީ ހަމަލާތަކަކަށް ރައީސް މުޢިއްޒު އިޖާބަދެއްވަމުން ގެންދަވަނީ ކެތްތެރިކަމާއެކުގައެވެ. ދުވަހަކުވެސް ސިޔާސީ އެއްވެސް ވާދަވެރިޔަކަށް ރައީސް ޑރ. މުޢިއްޒު މިފަދަ ދަށު ދަރަޖައިގެ ބަސްމަގަކުން ރައްދެއް ދެއްވާފައެއް ނުވެއެވެ.

ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނަޝީދުގެ ބަސްމަގު ހުރި ގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައިވެސް އޭނާއަށް އޮތް ތާއީދު ވަނީ ކުޑަވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ މީކާއިލް ނަސީމް އަށެވެ. ނަޝީދުގެ ރުޅިވެރިކަމާއި ޒާތީ ފާޑުކިޔުންތަކުގެ ސަބަބުން ޕާޓީގެ އެތެރޭގައިވެސް އޭނާއަށް އޮތް ނަފްރަތު ދަނީ އިތުރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި