Ads by
ޚަބަރު
އެމެރިކާގެ ފުރަތަމަ ސަފީރުގެ ފަތްކޮޅު ރައީސަ ޞާލިހަށް އަރުވައިފި
ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް އަރުވައިފިއެވެ.

Ads by Eki Online

ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އެމެރިކާގެ ސަފީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކޮށް ސަފީރަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް އައްޔަން ކުރުމަކީ ރާއްޖެއާއި އެމެރިކާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިވާނެ ކަމުގެ ހެއްކެއް ކަމަށް، އެ ބައްދަލުވުމުގައި ރައީސް ޞާލިޙު ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ސަފީރު ވަނީ ރާއްޖޭގައި އެމެރިކާ އެމްބަސީ ހުޅުވުމުގައި ރައީސް ޞާލިޙާއި ދިވެހި ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *