Ads by
ޚަބަރު
ރިޔާސީ ކެމްޕޭނަށް ރަސްމީކޮށް ނުނިކުންނަވާ ހުންނެވީ ކަންތައްތައް އަދި ހުރިގޮތުން: ޤާސިމް

ރިޔާސީ ކެމްޕޭނަށް ރަސްމީކޮށް ނުނިކުންނަވާ ހުންނެވީ ކަންތައްތައް އަދި ހުރިގޮތުން ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ ކެމްޕެއިންގެ މަސައްކަތްތަކުގއި އަމަލީ ގޮތުން އަދި ބައިވެރިނުވެވުނު ނަމަވެސް ޖޭޕީގެ ޓީމުން އެކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

“އަޅުގަނޑުމެން އުތުރަށާއި ދެކުނަށް ކަނދައޅާފައި ހުރި ދެ ކެމްޕޭން މެނޭޖަރުން އެކަންތައް އެބަ ކުރައްވާ. ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް” ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެންމެ ފުރަތަމަ ކެމްޕޭނަމަށް ނިކުމެ އަވަސް އަރުވާލައިގެން އުޅުމަކީވެސް އަދި މާމޮޅުތަކެއް ވާނެ ކަމެއް ނޫންކަމަށެވެ.ކެމްޕެއިންގައި ޝާމިލުވެ ނޫޅުނަސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ގާސިމް ވަނީ ދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *