Wednesday, 9 September 2026
Ads by

އަޒާންގެ އަބުރުކަތިލުމަށް ”ދައުރުން“ ލިޔުނު ދޮގު ރިޕޯޓު ވަގުތީ ގޮތުން ނެގުމަށް ކޯޓުން އަމުރުކޮށްފި

އަޒާންގެ އަބުރުކަތިލުމަށް ”ދައުރުން“ ލިޔުނު ދޮގު ރިޕޯޓު ވަގުތީ ގޮތުން ނެގުމަށް ކޯޓުން އަމުރުކޮށްފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާންގެ އަބުރު ކަތިލުމުގެ ނިޔަތުގައި ”ދައުރު“ ނޫހުން ޝާއިއުކުރި ދޮގު ރިޕޯޓު ވަގުތީ ގޮތުން ނެގުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.

Ad Image
Ads by

ދައުރު ނޫހުގެ މި ރިޕޯޓަކީ އެ ނޫހުގެ އެޑިޓަރު މޫސާ ލަޠީފް، މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ލިޔެ، ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓާ ގުޅިގެން އަޒާން ވަނީ މޫސާ ލަޠީފާ ދެކޮޅަށް ދައުވާ ކޮށްފައެވެ. މިކަމާ ގުޅިގެން އަޒާން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ، އެ މައްސަލަ ބަލައި ނިމެންދެން އެ ރިޕޯޓު އާންމުންނަށް ނުފެންނާނެ ގޮތް ހެދުމަށް އަމުރު ނެރެދިނުމަށް އެދިވަޑައިގެންފައެވެެ.

އަޒާންގެ އެދުމާ އެއްގޮތަށް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ، މި މައްސަލަ ބަލައި ނިމެންދެން އެ ރިޕޯޓު އާންމުންނަށް ނުފެންނާނެ ގޮތަށް ދައުރު ނޫހުގެ ވެބްސައިޓުން ނެގުމަށް އަމުރުކޮށްފައެވެ. ކޯޓުގެ މި އަމުރާއެކު އެ ނޫހުން މިހާރު ވަނީ އެ ރިޕޯޓް ވެބްސައިޓުން ނަގައިފައެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް އަޒާން ހުށަހެޅުއްވި މައްސަލާގައި ވަނީ، އޭނާގެ އަބުރަށް އަރައިގަތް ކަމަށް ކަނޑައަޅައި 5،000 ރުފިޔާ ނަގައިދިނުމުގެ އިތުރުން، ގާނޫނީ ވަކީލުންނަށާއި މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވި 28,678 ރުފިޔާއާއެކު ޖުމުލަ 33،678 ރުފިޔާ ނަގައިދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ދައުރު ނޫހާއި، އެ ނޫސް ހިންގާ ކުންފުނި ކަމަށްވާ ”ނެކްސްޓް މީޑިއާ ގްރޫޕް“ އާ ދެކޮޅަށް ވެސް އަޒާން ދައުވާކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި