Saturday, 17 October 2026
Ads by

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓުތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓުތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހިޔާގެ ޓަވަރުތައް---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުން ބައެއް ވިޔަފާރި ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

Ad Image
Ads by

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ”އޯޕަން މާކެޓް ޑިމާންޑް“ އިނީޝިއޭޓިވްގެ ދަށުން ހިޔާ ކޮމާޝަލް ސަރަޙައްދުގެ ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ 546.27 އަކަފޫޓުގެ HIYI2-G-02 ޔުނިޓާއި، 554.66 އަކަފޫޓުގެ HIYI0-G-03 ޔުނިޓް ކަމަށް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

މި ޔުނިޓްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އާއި 14:00 އާ ދެމެދު އެޗްޑީސީ މައި އިދާރާގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ހުޅުވުން ވެސް އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

އެޗްޑީސީން ބުނީ މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯޒަލް މީޓިންގް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ އެއްވެސް ސުވާލެއް އޮތް ނަމަ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލައިފައެވެ. އެޗްޑީސީން ބުނީ މި މަހުގެ 21 ވަނަ ދުވަހު ސުވާލުތަކުގެ ޖަވާބު އެ ކޯޕަރޭޝަނުގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުންނާއި އެޗްޑީސީ ޕްރޮޕަޓީޒް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތުތައް ހޯދުމަކީ ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ސޭލްސް ޑިޕާޓްމަންޓަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި