Sunday, 26 July 2026
Ads by

ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް، ހަގީގަތް ހާމަކުރަން ފުލުހުންގެ ކިބައިން ވަނީ އެދިފައި: އިހުސާން

ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް، ހަގީގަތް ހާމަކުރަން ފުލުހުންގެ ކިބައިން ވަނީ އެދިފައި: އިހުސާން

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފޭރުމާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގިކަން ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މުހައްމަދު ޝަމްއާން ވަހީދު ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން، އޭނާ ފްރޭމްކޮށްފައިވާ ކަމަށާއި އެކަމުގައި މިނިސްޓަރު އިހުސާންގެ އަތެއްވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން މީގެ ކުރިންވެސް މީޑިއާތަކުގައި ސާފުކޮށްދެއްވާފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ޝަމްއާން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ސީދާ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެން ރޭވި ”ފްރޭމް“ އެއް ކަމަށް ބުނެފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މި މައްސަލައިގެ ޝަރީއަތް ނިމޭނީ އޭނާގެ މައްޗަށް ހުކުމްކޮށްގެންކަން ޔަގީންކަމާއެކު އެނގެއެވެ. އަދި އޭނާއާ ދެކޮޅަށް ބަޔާން ހޯދުމަށްޓަކައި، އޭނާއާއެކު ހައްޔަރުކުރި މީހުންނަށް ވަކިވަކި ”ޑީލްތައް“ ދީފައިވާ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި އިސްކޮށް އުޅުއްވަނީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އާއި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމްއެވެ. އަދި މި ހުރިހާ ކަމެއް ހިނގަމުންދާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ސަރުކާރުން މިކަން ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި ސަރުކާރުން ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެ ކަމަށާއި، ކުށްކުރާ ކޮންމެ މީހަކަށްމެ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުރިއިރު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތަކެއް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި