Sunday, 25 October 2026
Ads by

ހުސްވި ހަފުތާގައި މީރާއަށް 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ

ހުސްވި ހަފުތާގައި މީރާއަށް 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ

މީރާގެ ނަންބޯޑު--- ފޮޓޯ: އެކި އެމްވީ

ހުސްވި ހަފުތާގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފިއެވެ.

Ad Image
Ads by

މީރާއިން އާންމުކޮށްފައިވާ ”ވީކްލީ ރެވެނިއު ސީރީޒް“ ގައިވާ ގޮތުގައި، އާމްދަނީގެ ގޮތުގައި 150 މިލިއަނާއި 390 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކަށް ހަފުތާއެއްގައި ބަލައިގަތް ނަމަވެސް މިދިޔަ ހަފުތާގައި 1.7 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނެފައިވާ ގޮތުގައި، މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ ބީޕީޓީގެ ސުންގަޑިއާއެކު ގިނަ ބަޔަކު ޓެކްސް ދެއްކުމާއި ޖީއެސްޓީ ދެއްކުމެވެ.

ހުސްވި ހަފުތާގައި އާމްދަނީ އެންމެ އިތުރުވި ދުވަހު 77.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޑޮލަރުގެ އާމްދަނީއަށް އައި މި ބަދަލަކީ ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުން ގަވާއިދުން ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދެއްކުމެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި އިގްތިސާދީ ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ޓޫރިޒަމް ސިނާއަތުން މިހާ ބޮޑު އާމްދަނީއެއް ލިބުނުއިރު، ޖެހިގެން އައި ހަފުތާއެއްގައި 74.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ބައެއް ހަފުތާތަކުގައި 54.2 މިލިއަން ޑޮލަރު އަދި 48.1 މިލިއަން ޑޮލަރު ލިބުނު ނަމަވެސް، ޓޫރިޒަމް އޮފް-ސީޒަން ހަފުތާތަކުގައި ޑޮލަރުގެ އާމްދަނީ އުޅެނީ ގާތްގަނޑަކަށް 2.6 މިލިއަނާއި 16 މިލިއަން ޑޮލަރު އާ ދެމެދުގައިކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި