Wednesday, 9 September 2026
Ads by

ތުހުމަތުތައް ދޮގުކުރައްވައި އުޝާމް: އަޅުގަނޑު ޝަމްއާން ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް

ތުހުމަތުތައް ދޮގުކުރައްވައި އުޝާމް: އަޅުގަނޑު ޝަމްއާން ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް

ބަންޑާރަ ނައިބު އަޙްމަދު އުޝާމް---

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު ކޮށްފައިވާ ތުހުމަތުތައް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ދޮގު ކުރައްވައިފިއެވެ.

Ad Image
Ads by

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެފައިވާއިރު، ކޯޓުން ބޭއްވި އަޑުއެހުމަށް ހާޒިރުވުމުގެ ކުރިން އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. ނޫސްވެރިންނާ ބައްދަލުކުރުމަށްފަހު އޭނާ ވަނީ، ހޯމް މިނިސްޓަރު ޢަލީ އިޙުސާނަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް މިނިސްޓަރު އިޙުސާން ބޭނުންފުޅުވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝަމްއާން ބުނެފައިވާ ގޮތުގައި، ބޯޑަރ ކޮންޓްރޯލް ވިއްކާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ބަންޑާރަ ނައިބު އުޝާމާއި މިނިސްޓަރު އިޙުސާނެވެ. އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި އޮތް އޭނާގެ ފޯނުގައި ހުންނާނެ ކަމަށާއި، މިހާރު ވެސް މިފަދަ ކަންކަން ސިއްރިއްޔާތުގައި ހިނގަމުންދާކަމުގެ ތުހުމަތު ޝަމްއާން ވަނީ ކޮށްފައެވެ.

މި ކަންކަން ހުއްޓުވުމަށް މަސައްކަތްކުރި ނަމަވެސް އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ފަހަރުގެ މަތިން އޭނާއަށް ގުޅުއްވި ކަމަށް ޝަމްއާން ވަނީ ބުނެފައެވެ. އެހެންކަމުން މި ކަމުގައި ރައީސް މުއިއްޒުގެ ވެސް ބައިވެރިވުމެއް އޮތް ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ޝަމްއާންގެ މި ވާހަކަތަކާ ގުޅިގެން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ޝައްމާންގެ މައްޗަށް ދައުވާކުރީ ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއްގައި ކަމަށާއި އެެއީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ނޫން ކަމަށެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500،000 ރުފިޔާ އަތުލިކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެފަހުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝަރުތުތަކަކާއެކު ޝަމްއާން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި