Thursday, 20 March 2025
Ads by

އެކި ސުފުރާ: ޗިކަން ސަބްމެރިން

އެކި ސުފުރާ: ޗިކަން ސަބްމެރިން

ބޭނުންވާތަކެތި:

4 ސަބްމެރީން ބަނަސް

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)

4 ލޮނުމެދު (ކުދިކޮށް ކޮށާފައި)

½ ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

¼ ޖޯޑު ކުދިކޮށް ކޮށައިފައިވާ ލީކްސް

1 ބޮޑު ޓޮމާޓޯ

½ ބޮޑު ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ މެޔޮނެއިސް

2 ސައިސަމުސާ ޗިލީ ސޯސް

2 ސައިސަމްސާ އޮއިސްޓަރ ސޯސް

6 ފޮތި ޗެޑަރ ޗީޒް

1 ސައިސަމްސާ ލޮނު

500 ގްރާމް ކުކުޅު

2 ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅައިލުމަށް)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު ކުދިކޮށް ކިއުބް ގޮތަށް ކޮށައިލާށެވެ. ދެން ކުޑަ ލޮނުކޮޅެއް އަޅައި އެއްކޮށްލުމަށް ފަހު ރަން މުށި ކުލަ އަރަންދެން ރަނގަޅަށް ތެލުލާށެވެ.

ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު ހޫނު ވުމުން ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، އަޅައި ފިޔާ ރަތް ވަންދެން ކައްކައިލާށެވެ. ދެން ލީކްސް، ބެލް ޕެޕަރ އަޅައިލާށެވެ. މަޑުވުމުން ޓޮމާޓޯ، އޮއިސްޓަރ ސޯސް، ޗިލީ ސޯސް އަޅައި އެެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޗީޒް ފޮތިތައް ތެލީގެ ތެރެއަށް އަޅައިލާ އެއްކޮށްލުމަށް ފަހު ޗީޒްތައް ވިރެންދެން ކައްކައިލާށެވެ. ބޯތައްޓެއްގެ ތެރޭގައި މެޔޮނައިސްއާއި ޗިލީ ސޯސްކޮޅު އެއްކޮށްލާށެވެ.

ދެން ސަބްމެރީން ބަނަސްތައް އަރިމަތިން ފަޅައިލާށެވެ. އަދި ކޮންމެ ބަނަހެއްގެ ބޭރުގައި ރަނގަޅަށް ބަޓަރު އުނގުޅުމަށް ފަހު ހޫނުކޮށްފައިވާ ތަވައެއްގެ މަތީގައި ޓޯސްޓްކޮށްލާށެވެ. ދެ ފުށް ވެސް ޓޯސްޓް ކުރަންވާނެއެވެ.

ކުރިން ތައްޔާރުކުރި މެޔޮނެއިސްއާއި ޗިލީ ސޯސް ބަނަސް ފަޅައިލި ތަނުގެ އެތެރެއިން ދެ ފަރާތުގައި އުނގުޅައިލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްގަނޑު ތިން ބަޔަށް ބަހާލުމަށް ފަހު ބަނަހުގެ ތެރެއަށް އަޅައިލާށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް