Sunday, 26 July 2026
Ads by

މަތީ މަގާމެއް ބޭނުމެއްނޫން، މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށްޓަކައި: ސަލީމް

މަތީ މަގާމެއް ބޭނުމެއްނޫން، މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށްޓަކައި: ސަލީމް

މަޖިލީހުގެ ނައިބު ރައީސް ސަލީމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ފަދަ މަގާމެއް ބޭނުންފުޅު ނުވާ ކަމަށާއި، އެ މަގާމާ ހަވާލުވެވަޑައިގަތީ ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓެވުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަން ފަދަ މަތީ މަގާމެއް ބޭނުންފުޅު ނުވާ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އަމިއްލަ ވިޔަފާރީގައި ބުރަކޮށް އުޅެންޖެހުމަކީ މިފަދަ މަގާމެއް ބޭނުންފުޅު ނުވާ ސަބަބެއް ނަމަވެސް ޕާޓީގެ މަސްލަހަތަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް ސަލީމް ވިދާޅުވިއެވެ.

”ހަގީގަތުގައި ދަންނަވާ ނަމަ، އަޅުގަނޑު ވެސް މަޖިލީހުގެ ނައިބު ރައީސް ކަމެއް ބޭނުމެއް ނޫން. އެހެންނަމަވެސް، މިއަދުގެ ހާލަތާއި، މިއަދުގެ ޕާޓީގެ މަސްލަހަތާއި، ޕާޓީގެ އެކުވެރިކަމާއި، ޕާޓީގެ ގުޅުން ބަދަހިކުރުމަށްޓަކައި އަޅުގަނޑު މި މަގާމާ ހަވާލުވީ،“ – ސަލީމް ވިދާޅުވިއެވެ.

އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުގައި ވެސް ދައުލަތުން ލިބޭ އިނާޔަތްތަކާ މެދު ގެންގުޅުއްވާ ވިސްނުން ހާމަކުރައްވަމުން ސަލީމް ވިދާޅުވީ، ރަސްމީ ކާރުކޮޅާ ހަވާލުވުމަށް މަޖިލީހުގެ އިދާރާއިން ތަކުރާރުކޮށް އެދުމުން ވެސް ކަމަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ. ސަބަބަކީ އޭނާއަކީ މާ މަތީ ފެންވަރެއްގެ ދިރިއުޅުމެއް އުޅެން ބޭނުންފުޅުވާ ބޭފުޅަކަށް ނުވާތީ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާނޫނީ ގޮތުންނާއި ސަލާމަތީ ގޮތުން ސެކިއުރިޓީއަކީ ބޭނުންތެރި އެއްޗެއްކަން ގަބޫލުފުޅުކުރާ ކަމަށާއި، އެހެންނަމަވެސް ހަގީގީ ސަލާމަތާއި ރައްކާތެރިކަން ވަނީ މާތްالله އަށް ވަކީލުކުރެވިފައި ކަމަށް ސަލީމް އިތުރަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި