Wednesday, 9 September 2026
Ads by

ފޭރުމުގެ ދައުވާއާއި އިތުރު ދެ ދައުވާ ސާބިތުވެ ޝަމްއާން 25 އަހަރަށް ޖަލަށް

ފޭރުމުގެ ދައުވާއާއި އިތުރު ދެ ދައުވާ ސާބިތުވެ ޝަމްއާން 25 އަހަރަށް ޖަލަށް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ފޭރުމާއި، މަނީ ލޯންޑްރިން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އޭނާ 25 އަހަރަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި އެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ވަނީ ޝަމްއާންގެ މައްޗަށް ސާބިތުވި ތިން ދައުވާއަކަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަބެއްގެ ގޮތުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި އަށް އަހަރުގެ ޖަލު ހުކުމެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދެ އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ޝަމްއާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ އަދަދު ތިން މަސް ދުވަހުގެ ތެރޭގައި ފޭރުމުގެ ޝިކާރައަކަށްވި ބިދޭސީ މީހާއަށް ރައްދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ޝަރީއަތުގެ މުއްދަތުގައި އޭނާ ބަންދުގައި ހޭދަކުރި ނުވަ މަހާއި 10 ދުވަސް، ޖަލު ހުކުމުން އުނިކުރުމަށް ވެސް ހުކުމުގައި ހިމަނާފައިވެ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުން، ބިދޭސީއެއްގެ އަތުން ފޭރިގަތް ފައިސާ ޝަމްއާން ބަލައިގަނެ، އެ ފައިސާ އޭނާގެ އަމިއްލަ ސްޓޫޑަންޓް ލޯނުތައް ދެއްކުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކޮށްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. ޝަމްއާންގެ ގެއިން ފެނުނު ދެ ލައްކަ ރުފިޔާ އާއި 10،000 ޑޮލަރުގެ ތެރެއިން 125،000 ރުފިޔާއަށްވާ ފައިސާ ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަންގާފައިވެ އެވެ.

ޝަރީއަތުގައި ފާހަގަކުރެވުނު ގޮތުގައި، ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފޭރިގަތް ފައިސާ ހިފައިގެން އޮފިސަރުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށެވެ. މިއީ ވަކި މީހަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް ޝަރީއަތަށް ފެނިފައިވެ އެވެ.

ގާޒީ އިބްރާހިމް އިހުސާން ފާހަގަކުރެއްވި ގޮތުގައި، މި މައްސަލާގައި ޝަމްއާންއަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާ ހުރި މަގާމުގެ ގޮތުން އިމިގްރޭޝަންގެ އަގު ވެއްޓި، ދައުލަތުގެ އިދާރާތަކާމެދު އާންމުންގެ އިތުބާރު ކުޑަވެގެން ދިޔުމުންނެވެ. އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމަކީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން ޖަވާބުދާރީވާންޖެހޭނެ ފަދަ ނުރައްކާތެރި ކުށެއް ކަމަށް ޝަރީއަތުން ބަލައިގަނެފައިވެ އެވެ.

ހުކުމް އިއްވުމުގެ ކުރިން ޝަމްއާންގެ ފަރާތުން ލުއި އަދަބަކަށް އެދިފައިވީ ނަމަވެސް، ދައުލަތުން ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބެ ހިންގާ ކުށްތަކަށް ދޭންޖެހޭ ހަރުކަށި އަދަބުތަކަށް ރިއާޔަތްކޮށް، ގާނޫނީ ގޮތުން ދެވޭނެ އެންމެ ބޮޑު އަދަބު ދިނުމަށް އެދިފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި