Ads by
ޚަބަރު
‏އިޔާޒް މުޢިއްޒަށް: 2013 އިން 2018 އަށް އޮތް ސަރުކާރުން ޚިޔާނާތްތެރިވެފައިވާ ފައިސާތައް ދައުލަތުގެ ޚަޒާނާ އަށް ވައްދަވަންވީނުންތޯ؟

2013 އިން 2018 އަށް އޮތް ސަރުކާރުން ޚިޔާނާތްތެރިވެފައިވާ ފައިސާތައް ދައުލަތުގެ ޚަޒާނާ އަށް ވައްދުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒު, އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.

Ads by Eki Online

އިޔާޒް ކުރެއްވި ޓްވީޓޭއްގައި މިފަދައިން ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދުގެ އަސާސްތައް ނެތިގެން ގޮސްފައިވާ ކަމަށާއި މި ވެރިކަމުގައި އެކަނިވެސް 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕްކުރަނީ ވަކި ވަރެއް ބަލާފައި ނޫން ކަމަށާއި ކޮވިޑްގެ ވަބާގެ ދުވަސްވަރު ކުރިމަތިވި އިގްތިސާދީ ދަތިތަކާ ގުޅިގެން ފައިސާ ޗާޕްކުރަން ޖެހިދާނެ ކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރާއި މި އަހަރު ވެސް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޗާޕްކުރި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިޔާޒް ވަނީ  2013 އިން 2018 އަށް އޮތް ސަރުކާރުން ޚިޔާނާތްތެރިވެފައިވާ ފައިސާތައް ދައުލަތުގެ ޚަޒާނާ އަށް ވައްދަވަންވީނުންތޯ މުޢިއްޒުއާ ސުވާލުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *