Wednesday, 9 September 2026
Ads by

ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް ހަމަޖައްސައިފި

ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް ހަމަޖައްސައިފި

"ފީފާ ވޯލްޑް ކަޕް 2026" ގެ ޚާއްޞަ ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖެއްސުން.. ފޮޓޯ / ޕީއެސްއެމް

އަންނަ ބުރާސްފަތި ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ ”ފީފާ ވޯލްޑް ކަޕް 2026“ އާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޚާއްޞަ ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

ޕީއެސްއެމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ކަވަރޭޖުގެ ކޯ-ސްޕޮންސަރުންގެ ގޮތުގައި ދެ ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. އެލައިޑްގެ ފަރާތުން ޗީފް އަންޑަރައިޓިންގ އޮފިސަރ އުދުލިއާނާ ރުސެއީ ސޮއިކުރެއްވިއިރު، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީޤެވެ.

މީގެ އިތުރުން، ކަވަރޭޖް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ފަރާތްތަކަކީ:

  1. ވިލާ ކޮލެޖް: ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް.
  2. އެމްޓީސީސީ: ސޮއިކުރެއްވީ ސީއޯއޯ ސިނާން އަލީ.
  3. އައިލެންޑް ޕާފިއުމްސް: ސޮއިކުރެއްވީ ޑިރެކްޓަރ އަބްދުﷲ ޝަބީން.
  4. އީޒެޕް: ސޮއިކުރެއްވީ ސީއީއޯ އަދި ސީއެފްއޯ އަބްދުﷲ މިއުވާން ޝަރީފް.
  5. ޕްރޮކްސީ: ސޮއިކުރެއްވީ މާކެޓިންގ ކޮންސަލްޓަންޓް އަޝީރު އަބްދުލް އަޒީޒް.

ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ”މުޅިން ހިލޭ“ ދިވެހިންނަށް ވޯލްޑް ކަޕް ބަލާލެވޭނެ ފުރަތަމަ ފަހަރެވެ. މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ މި ކަވަރޭޖް، މީޑިއާނެޓްގެ ކަނެކްޝަން އޮންނަ ކޮންމެ ފަރާތަކަށް ވެސް އެއްވެސް އިތުރު ޗާޖަކާ ނުލައި ޕީއެސްއެމްގެ ޗެނަލްތަކުން ފެންނާނެއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި 48 ގައުމާއެކު ބާއްވާ މިފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތަށް ވެގެންދާނެއެވެ. ޕީއެސްއެމްގެ އަމާޒަކީ މި ތިން ގައުމުގެ ދަނޑުތަކުގެ ފޯރި، ރާއްޖޭގެ ގޭގޭގެ ސިޓިންގ ރޫމްތަކާއި، ޖަގަހަތަކާއި ބޮޑު ސްކްރީންތަކާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދިނުން ކަމަށް ޕީއެސްއެމުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި