Sunday, 26 July 2026
Ads by

މިފްކޯގެ ހުރިހާ ސެންޓަރުތަަކުން މިއަދު މަސް ގަންނާނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރުތަަކުން މިއަދު މަސް ގަންނާނީ 20 ރުފިޔާއަށް

މިފްކޯ މަސް ފިހާރަަ---

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

Ad Image
Ads by

މިފްކޯއިން މަސްވެެރިންގެ އަތުން މިއަދު މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރިއިރު، އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް މަސް ކިލޯއެއްގެ އަގު ހުރީ 18.50 ރުފިޔާގައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އިންތިހާއަށް ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް ކުރިމަތިވެދާނެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކަށްވުރެ މަތިކޮށްފައެވެ.

މިފްކޯގެ އަގުތަކަށް އައި ބަދަލުތައް..

މަސްވެރިން ބާނާ މަސް 16 ރުފިޔާއަށްވުރެ ދަށް ނުކޮށް މަހުގެ އަގު ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން ވަނީ މިހާތަނަށް އަމަލުކުރަމުން ގޮސްފައެވެ.

މިއީ މިފްކޯއިން މަސް ގަންނަ އަގު 16 އަށްވުރެ ބޮޑުކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާކެޓްގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން އެކި އަގުތަކުގައި މިފްކޯއިން މަސް ގަނެފައިވެއެވެ. މީގެ ކުރިން 17 ރުފިޔާއަށް އަދި 18.50 ރުފިޔާއަށް ވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމަކީ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި