Wednesday, 9 September 2026
Ads by

މާލޭގެ ނަން ބޯޑުތައް ހަރުކުރަން ސިޓީ ކައުންސިލުން 4 މިލިއަނެއްހާ ރުފިޔާ، ހަވާލުކުރީ ތަޖުރިބާ ނެތް ކުންފުންޏަކާ!

މާލޭގެ ނަން ބޯޑުތައް ހަރުކުރަން ސިޓީ ކައުންސިލުން 4 މިލިއަނެއްހާ ރުފިޔާ، ހަވާލުކުރީ ތަޖުރިބާ ނެތް ކުންފުންޏަކާ!

މޭޔަރު އާދަމް އާޒިމް މަގުމަތީގައި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފެއްޓެވުން.. މި ބޯޑު ފިޔަވާ ދެން ހަރުކުރީ ނުބައިކޮށް ދިވެހި ލިޔެފައިވާ ބޯޑުތަކެއް... ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

މާލޭގެ މަގުމަތީގައި ނަން ބޯޑު ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ހަތަރު މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކަށް ކަން ’އެކި‘ އަށް އެނގިއްޖެއެވެ.

Ad Image
Ads by

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދަށުން ’އެކި އެމްވީ‘ އިން ހުށަހެޅި އާރްޓީއައިގެ ޖަވާބު ނުދީ ގިނަ ދުވަސްތަކެއް ފަހުން، އައިކޮމްގެ އަޑުއެހުމެއް ތާވަލު ކުރެވިފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން މި މަޢުލޫމާތު ފޮނުވާފައިވާއިރު، އޭގައިވާ ގޮތުން، މާލެ ސިޓީގެ މަގުތަކުގައި ނަން ބޯޑު ހަރުކުރަން ހަވާލުކޮށްފައިވަނީ ”ސަސްމާ ޕްރައިވެޓް ލިމިޓެޑް“ ކިޔާ ކުންފުންޏަކާއެވެ.

އެ ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވަނީ 3 ޖޫން 2024 ގައެވެ. އެ ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި ތިން މީހެއް ހިމެނޭއިރު ޝެއާ ހޯލްޑަރުންގެ ގޮތުގައި ދެ މީހެއް ހިމެނެއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މަރިޔަމް ނަދީމާއެވެ.

އެ ކުންފުނިން ކުރިއަށްގެންދިޔަ މާ ގިނަ މަޝްރޫއުތަކެއް ފެންނާކަށްވެސް ނެތެވެ. އެހެންކަމުން އެއީ ތަޖުރިބާގެ ގޮތުން ބެލިޔަސް އެންމެ ރަނގަޅު ކުންފުނިކަމަކަށް ނުބެލެވެއެވެ.

މާލެ ސިޓީގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓު އަގަކީ، 398،8290.96 އެވެ.

ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި 598،243.64 ރުފިޔާ ދީފައިވެއެވެ. އަދި މަސައްކަތް އަދިވެސް ނުނިމުނަސް އޭގެ ފަހުންވެސް އެ ކުންފުންޏަށް 589،243.64 ރުފިޔާ ދޫކޮށްފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ނަން ބޯޑުތަކުގައި މަގުތަކުގެ ނަންތައް ލިޔެފައިހުރީ ނުބައިކޮށް ކަމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ އެ ނަން ބޯޑުތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލުން ރޯ ނުބައިކޮށް ހެދި ނަން ބޯޑުތައް.. ގިނަ ބައެއްގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވި

ކައުންސިލުން ދިގު ދެންމުމަށްފަހު މަޢުލޫމާތު ހިއްސާ ކޮށްފައިވާއިރު ’އެކި އެމްވީ‘ އިން ހުށަހެޅި 3 އާރުޓީއައިގެ ތެރެއިން 2 އާރުޓީއަށް މިވަނީ ޖަވާބު ދެއްވާފައެވެ. ކައުންސިލުން އަދި ޖަވާބު ދީފައި ނުވަނީ 23 ޖެނުއަރީ 2024 އިން ފެށިގެން 9 އޭޕްރީލް 2026 ގެ ނިޔަލަށް މާލޭސިޓީ ކައުންސިލްގެ އެކި މަސައްކަތްތަކަށް ނެގިފައިވާ ކޮންސަލްޓަންޓުންގެ އަދަދާއި، އަދި އެކަމަށް ހޭދަކުރި، ހޭދަވާ ޚަރަދު، ހުރިހާ ކޮންސަލްޓަންޓުންގެ ވަނަވަރާއި މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލީ މަޢުލޫމާތަށް އެދި ’އެކި އެމްވީ‘ އިން ހުށަހެޅި އާރުޓީއައި އަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު