Ads by
ޚަބަރު
ރައީސް މައުމޫންގެ ވެރިކަމުގައި ހިނގި އަނިޔާތަކަށް މައާފަށް އެދެން: ފާރިސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި އަނިޔާތަކަށް އެމަނިކުފާނުގެ ދަރިކަލުން އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

Ads by Eki Online

ރޭ އާންމުކުރި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް ކަމަށާއި އެކަން ގަބޫލު ކުރާ ކަމަށެެވެ.

” އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް، އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން، އަޅުގަނޑު މިކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން” ފާރިސް ވިދާޅުވިއެވެ.

ފާރިސް ވަރަށް ފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއާއެކު، އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މިކަމާއި ގުޅިގެން ފާރިސް ވިދާޅުވީ އޭނާ ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން ހިތާމަތައް އިތުރުވި ކަން އިނގޭ ކަމަށެވެ. އަދި އަމާޒަކީ އޭނާގެ ވެރިކަމެއްގައި އެ ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *