ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓަރު ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިނިސްޓަރުކަމުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ”އެކި އެމްވީ“ އަށް ޔަގީންކޮށްދީފައެވެ.
މީގެ ކުރިން ވެސް މިނިސްޓަރު ޒަމީރު މަޤާމުން އިސްތިއުފާ ދެއްވަން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.













