Sunday, 26 July 2026
Ads by

ފުލުހުންގެ ބައެއް އެލަވަންސްތައް އުނިކޮށް ގަވާއިދު އިސްލާހުކޮށްފި

ފުލުހުންގެ ބައެއް އެލަވަންސްތައް އުނިކޮށް ގަވާއިދު އިސްލާހުކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހަކު ހަރަކާތްތެރިވަނީ - ފޮޓޯ:ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރަމުން އަންނަ ފުލުހުންނަށް ކުރިން ދެމުން އައި ގިނަ އެލަވަންސްތަކެއް އުނިކޮށް، އަންނަ މަހުން ފެށިގެން އާ އޮނިގަނޑެއްގެ ދަށުން ފުލުހުންނަށް އެލަވަންސްތައް ދޭ ގޮތަށް ’ފުލުހުންގެ ވަޒީފާގެ ގަވާއިދު‘ އިސްލާހުކޮށްފިއެވެ.

Ad Image
Ads by

ކުރިން އަމަލުކުރަމުން އައި ގަވާއިދުގެ ދަށުން ފުލުހުންނަށް އަށް އެލަވަންސެއް ލިބެއެވެ. އެއީ ސަރވިސް އެލަވަންސާއި ނަން ޕްރެކްޓިސިން އެލަވަންސާއި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސާއި ޔުނީފޯމް އެލަވަންސާއި ލިވިން އެލަވަންސާއި ފެރީ އެލަވަންސާއި ޕްރޮފެޝަނަލް އެލަވަންސްގެ އިތުރުން ޓެކްނިކަލް އެލަވަންސެވެ.

އަންގާރަ ދުވަހު އާންމުކުރި އާ އިސްލާހުގައި ވަނީ އެ އެލަވަންސްތައް ތިން އެލަވަންސްއަކަށް މަދުކޮށްފައެވެ. އެއީ މަގާމުގެ އެލަވަންސާއި ސަރވިސް އެލަވަންސާ އަދި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސްއެވެ. ޕޮލިސް އެލަވަންސް ވަނީ ހަތަރު ފަންތިއަކަށް ބަހާލާފައެވެ.

މަގާމުގެ އެލަވަންސް
މަގާމުގެ އެލަވަންސް ނުވަތަ ޖޮބް އެލަވަންސަކީ ފުލުހުންގެ މަގާމުތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް އެ މަގާމަކަށް ދިނުމަށް ކަނޑައެޅިފައިވާ އެލަވަންސެކެވެ. މި އެލަވަންސް ބެހޭ ގިންތިތަކަކީ އެއްވަނަ ހަރުފަތާއި ދެވަނަ ހަރުފަތެވެ. މި އެލަވަންސް ލިބޭ މިންވަރު އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައި އޮންނާނެއެވެ.

ޕޮލިސް އެލަވަންސް
މުޅިން އަލަށް ތައާރަފުކުރާ މި އެލަވަންސް ބަހާލާފައި ވަނީ ހަތަރު ފަންތިއަަކަށެވެ. މި އެލަވަންސަށް ކަނޑައަޅާފައި ވަނީ 700 ރުފިޔާ އާއި 1،500 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. އެއީ:

  • ޕޮލިސް އެލަވަންސް ލެވެލް 1 – ދަންފަޅި ޑިއުޓީ އުސޫލުން ޑިއުޓީ އަދާކުރާ ފުލުހުންނަށް މަހަކު 700 ރުފިޔާގެ އެލަވަންސެއް
  • ޕޮލިސް އެލަވަންސް ލެވެލް 2 – ފްރޮންޓްލައިންގައި އަމަލީ ގޮތުން މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުން ސްޕަވައިޒްކުރާ ފުލުހުންނަށް މަހަކު 700 ރުފިޔާގެ އެލަވަންސެއް
  • ޕޮލިސް އެލަަވަންސް ލެވެލް 3 – ފްރޮންޓްލައިންގައި ސީދާ ރައްޔިތުންނާ ބައްދަލުވެގެން ހިދުމަތް ދޭ ފުލުހުންނާއި އެ މަސައްކަތުގެ ސްޕަވައިޒަރުންނަށް މަހަކު 1،000 ރުފިޔާގެ އެލަވަންސެއް
  • ޕޮލިސް އެލަވަންސް ލެވެލް 4 – ފްރޮންޓްލައިންގެ ހާއްސަ ދާއިރާތަކުގައި މަަސައްކަތްކުރާ ފުލުހުންނަށް މަހަކު 1،500 ރުފިޔާގެ އެލަވަންސެއް

ގަވާއިދުގައިވާ ގޮތުން، ޕޮލިސް އެލަވަންސް ލެވެލް 2 ލިބޭ ފުލުހަކަށް ޕޮލިސް އެލަވަންސް ލެވެލް 3 ނުލިބެއެވެ. އަދި ފްރޮންޓްލައިންގެ ހާއްސަ ދާއިރާއެއްގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލީ ގޮތުން ބައިވެރިނުވާ ފުލުހުންނަށް އެލަވަންސެއް ނުލިބޭނެއެވެ.

ޕޮލިސް ސަރވިސް އެލަވަންސް
މިއީ ކުރިން ދެމުން އައި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސްގެ ބަދަލުގައި ތައާރަފުކޮށްފައިވާ އެލަވަންސެކެވެ. މިއީ ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި އެއް އަހަރު ދުވަސް ހަމަވުމުން މަހަކު އެއް ފަހަރު ދޭ އެލަވަންސްއެކެވެ. މި އެލަވަންސް ދޭނީ:

  • ހިދުމަތުގެ މުއްދަތަށް އެއް އަހަރު ފުރި ހަަތަރު ވަނަ އަހަރުގެ ނިޔަލަށް – މަހަކު 250 ރުފިޔާ
  • ހިދުމަތުގެ މުއްދަތަށް ފަސް އަހަރު ފުރި 10 ވަނަ އަހަރުގެ ނިޔަލަށް – މަހަކު 1،000 ރުފިޔާ
  • ހިދުމަތުގެ މުއްދަތަށް 10 އަހަރު ފުރި 15 ވަނަ އަހަރުގެ ނިޔަލަށް – މަހަކު 1،500 ރުފިޔާ
  • ހިދުމަތުގެ މުއްދަތަށް 15 އަހަރު ފުރި 20 ވަނަ އަހަރުގެ ނިޔަލަށް – މަހަކު 2،000 ރުފިޔާ
  • ހިދުމަތުގެ މުއްދަތަށް 20 އަހަރު ފުރި 25 ވަނަ އަހަރުގެ ނިޔަލަށް – މަހަކު 2،500 ރުފިޔާ
  • ހިދުމަތުގެ މުއްދަތު 25 އަހަރުން ފެށިގެން – މަހަކު 3،000 ރުފިޔާ

ފުލުހުންގެ ވަޒީފާގެ ގަވާއިދަށް ގެނައި އާ އިސްލާހުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިސްލާހަށް އަމަލުކުރަން ފަށަންވާނެ ކަމަށެވެ. އަދި ގަވާއިދަށް އަމަލުކުރަން ފެށުމަށް ފަހު މުސާރަ އާއި އެލަވަންސް ދޭ ފުރަތަމަ މަހުން ފެށިގެން ފުލުހުންނަށް އެލަވަންސް ދިނުމުގައި އަމަލުކުރަންވާނީ އެ އިސްލާހުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި